ހުސްވެފައިވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހާމަކޮށްފި އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ ޖެނުއަރީ 10، ގަ އެވެ. އެ އިއުލާނުގެ ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވީ 10 ބޭފުޅެކެވެ. އެއީ؛
- މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ
- މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ
- އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ
- އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ
- އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ
- ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ
- އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި
- ޙުސައިން ސާލިމް / އާރު, ހއ.މާރަންދޫ
- ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194
- އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫ
އެ ކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 30،000ރ. ލިބޭނެ އެވެ. އަދި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެ އެވެ.











