އަނެއް ކާވެސް ޗައިނާގެ ގުރޫޕް ޓުއާތައް ރާއްޖެއަށް ފަށަނީ

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ޗައިނާގެ ފަތުރުވެރިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ޗައިނާގެ ފަތުރުވެރިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖެ ހިމެނޭހެން 20 ގައުމަކަށް ގުރޫޕު ޓުއާތައް ފެށުމުގެ ހުއްދަ ޗައިނާގެ މިނިސްޓަރީ އޮފް ކަލްޗާ އެންޑު ޓުއަރިޒަމް އިން އެގައުމުގެ ޓުރެވެލް އޭޖެންސީތަކަށާއި އޮންލައިން ޓުރެވެލް ކުންފުނިތަކަށް ދީފި އެވެ.

އެ މިނިސްޓަރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެބްރުއަރީ 6، އިން ފެށިފެން ރާއްޖެ ހިމެނޭހެން 20 ގައުމަކަށް ގުރޫޕު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އަވައްޓެރި ސްރީލަންކާ އާއި އިންޑޮނޭޝިއާ އަދި މެލޭޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އައުޓުބައުންޑު ގުރޫޕު ޓުއާތަކަކީ އެކި ގައުމުތަކުގެ ސަގާފަތާއި އާދަކާދަތައް ބަލައި ތަޖުރިބާކޮށްލުުމުގެ އިންތިޒާމުތައް އެ ޕެކޭޖުތައް ވިއްކާ އޭޖެންސީތަކުން ހަމަޖައްސައިދެ އެވެ.

އެގޮތުން ޗައިނާއަކީ އައުޓުބައުންޑު ގުރޫޕު ޓުއާތަކަށް ވަރަށް މަޝްހޫރު ގައުމެކެވެ.

ޗައިނާ ސަރުކާރުގެ އެ ނިންމުމާ އެކު ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ވެސް ވަނީ އެކަމާ ގުޅިގެން ޓުވީޓެއް ކޮށްފަ އެވެ. އެގޮތުން ރާއްޖެއަކީ ޗައިނާ މީހުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް އެ ޓުވީޓުގައި ބުނެފައިވެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ފާއިތުވި ތިން އަހަރެއްހައި ދުވަހު ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، އެގައުމުގެ ބޯޑަރުތައް ހުޅުވާލުމާ އެކު މިދިޔަ ބުދަ ދުވަހު ވަނީ ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ވެސް ފަށާފަ އެވެ.

ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާ އެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ރަނގަޅުވާނެ ކަމަށާއި މިއަހަރު އެކަނިވެސް ޗައިނާއިން ލައްކައަކަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޗައިނާއަކީ ކޮވިޑުގެ ހާލަތު މެދުވެރިވުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ކޮވިޑުގެ ބަލިމަޑުމަކަމާ ކުރިމަތިލި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 1.7 މިލިއަން އެވެ. އޭގެފަހުން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމަައަށް ރާއްޖެއަށް ޒިޔާރަތް ކުރީ އެންމެ ފަސް ލައްކަ ފަތުރުވެރިންނެވެ.

ނަމަވެސް، ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމާ އެކު ޖެހިގެން އައި 2021 ވަނަ އަހަރު ފަތުރުވެރިކަން އަނެއްކާވެސް ހަމައަކަށް އެޅުމުގެ ކޮޅުމަތި ފެނުނެވެ. އެ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައެވެ. އަދި، މި ނިމުނު އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި އަދަދަށް، 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރީން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox