ޕޮލިސް އާދަމް ހަލީމްގެ މަރު؛ ދައުލަތުން ސަމާހަށް ހަމަޖެއްސި ވަކީލު ވަކިކޮށްފި

ޮޕޮލިސް އާދަމް ހަލީމްގެ މަރު މައްސަލާގައި ބޭއްވި ސުޕްރީމް ކޯޓުގެ އަޑުއެހުމުގެ ވީޑިއޯގެ ސްކްރީން ޝޮޓެއް

ޮޕޮލިސް އާދަމް ހަލީމްގެ މަރު މައްސަލާގައި ބޭއްވި ސުޕްރީމް ކޯޓުގެ އަޑުއެހުމުގެ ވީޑިއޯގެ ސްކްރީން ޝޮޓެއް

މީގެ 10 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީއަށް ނުކުމެ ހުއްޓައި ވަޅިއަކުން ހަމަލާދީ މަރާލި ޕޮލިސް އާދަމް ހަލީމް މަރާލި މައްސަލާގައި ހުކުމްކޮށްފައިވާ މުހައްމަދު ސަމާހަށް ދައުލަތުން ހަމަޖައްސާފައިވާ ވަކީލު ވަކިކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ޖުލައި 23، 2012 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކ. ކާށިދޫ، ސުވާސާގޭ މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. ހައި ކޯޓުން އެ ހުކުމް ދެމެހެއްޓީ ސެޕްޓެމްބަރު 30، 2020 ގަ އެވެ.

ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ޝަރީއަތަށް އިއްވައިދިނީ ވެސް ދައުލަތުން އޭނައަށް ހަމަޖައްސާފައިވާ ވަކީލު ޖައުފަރު ރަޝީދެވެ.

އޭގެ ފަހުން ސަމާހަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އޭނާ ވަނީ ދައުލަތުން ކުރިން ހަމަޖެއްސި ވަކީލުންނާއި، ފަހުން ހަމަޖެއްސި ވަކީލު ޖައުފަރު ރަޝީދުގެ ފަރާތުން ވެސް އޭނާއަށް ދޭންވާ އެއްބާރުލުން ނުދޭ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

އަމިއްލައަށް ދިފާއީ ވަކީލަކު ހަމަޖައްސަން މާލީ ފޯރުންތެރިކަން ނެތް މީހުނަށް، އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ވަކީލަކު ހަމަޖައްސައިދޭން ޖެހެ އެވެ. ވަކީލުންނާ މެދު ހުރި ޝަކުވާތައް އެކި ފަހަރު މަތިން އެ އޮފީހަށް ވެސް ބަޔާންކޮށް ސިޓީ ފޮނުވާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

"ޖައުފަރު ރަޝީދު އަޅުގަނޑަށް އައްޔަންކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިޓީ ފޮނުވާފައިވަނީ 3 އޭޕްރީލް 2022 ގައި، އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެއްވެސް ހަބަރެއް، ފޯނު ކޯލެއް، ވީޑިއޯ ކޮންފެރެންސްގެ ޒަރިއްޔާއިން ވެސް، މާފުއްޓަށް ޒިޔާރަތްކޮށްގެން ވެސް ހަބަރެއް ނުވޭ،" ސަމާހު ބުންޏެވެ.

އެ ޝަކުވާތަކާ ގުޅޭ ގޮތުން ޖައުފަރު ރަޝީދު ޝަރީއަތުގައި ވިދާޅުވީ ބައްދަލުވުމަށް ދިމާވާ ގޮންޖެހުމަކީ ކަރެކްޝަންސްގެ ފަރާތުން ލިބެންވާ މިންވަރަށް އެހީތެރިކަން ނުލިބޭތީ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށް ފަހު ޝަރީއަތުން ނިންމީ ދައުލަތުން ސަމާހަށް ހަމަޖެއްސި ވަކީލު އެ މަސައްކަތުން ދުރު ކުރުމަށެވެ. އެއީ އަމިއްލައަށް ވަކީލަކު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ސަމާހު ވެސް ބުނުމުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު ހަލީމް މަރާލި ކަމަށް ސަމާހު ފުރަތަމަ އިއުތިރާފުވި އެވެ. ނަމަވެސް އެއީ ފުލުހުން ބިރު ދައްކައިގެންވީ އިއުތިރާފެއް ކަމަށް ބުނެ އޭނާ އެ ކަމަށް ފަހުން އިންކާރު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox