ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ހުޅުލޭގެ ފަޅާއި މަގުން ބައެއް މާދަމާ ބަންދުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓުން ބުނެފި އެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.
ކެމްބޯޑިއާގެ ރައީސްގެ ތިން ދުވަހުގެ ދަތުރުފުޅާ ގުޅިގެން މާދަމާ ހެނދުނު 9:00 ފެށިގެން 11:00 ޖަހަންދެން ހުޅުލޭ ފަޅާއި މަގުން ބައެއް ބަންދު ކުރާނެ އެވެ. އަދި 17 ޖެނުއަރީގެ ހެނދުނު 7:30 އިން ފެށިގެން 8:30 އާ ހަމައަށް އެ ސަރަހައްދުގެ މަގުތައް ވެސް ބަންދު ކުރާނެ އެވެ. ބަންދު ކުރާނީ ހުޅުލޭ ކާގޯ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ މަގެވެ.
ކެމްބޯޑިއާގެ ބޮޑުޒަރީރުގެ ދަތުރުފުޅުގައި ރާއްޖެއާ ދެމެދު ރަސްމީ ވާހަކަތަކެއް ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ވާހަކަތަކުގައި، ދެ ގައުމުގެ ދޭތެރޭގައި އޮތއް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އޭގެ އިތުރުން، ދެގައުމުގެ ދޭތެރޭގައި އޮތް ވިޔަފާރީގެ ގުޅުން ފުޅާ ކުރުމަށް ރަސްމީ ވާހަތަކުގެ ހަވާސާއިން ބޭރުގައި ވާހަކަ ދައްކަވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

"މި ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އިން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.












