މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހުސްވެފައިވާ ގޮނޑިއަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ބްރޯޑްކޮމްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު މި މަހުގެ 22 އާއި 23ގެ 9:30 އިން 12:30 އާ ދެމެދު އެ އޮފީހަށް ހުށަހެޅުމަށް އެދިފަ އެވެ.
އެގޮތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކުރިމަތިލުމަށް އެދޭ ފޯމު، މަގާމަށް އެދޭ އިގުރާރު، ކުށާއި ދަރަނީގެ ރެކޯޑު، އަދި ވަނަވަރު ހިމެނެ އެވެ.
ބްރޯޑްކޮމްގެ ގޮނޑިއެއް ހުސްވެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. ގައިސް މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

އިސްތިއުފާދެއްވި ސަބަބެއް ކަމުގައި "އަދަދު" އަށް ވިދާޅުވީ އެހެން މަސައްކަތަށް ހުސްވާން ބޭނުން ވުން ކަމުގަ އެވެ.














