މީރާ ފަޅާލި މީހާއަށް ތިން މަހުގެ ޖަލު ހުކުމެއް

ރާ ހިންގާ އިމާރާތް: މީރާ ފަޅާލި މީހާ ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި--- ފޮޓޯ: އަދަދު ފައިލް

ރާ ހިންގާ އިމާރާތް: މީރާ ފަޅާލި މީހާ ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި--- ފޮޓޯ: އަދަދު ފައިލް

ކުޑަދޮރެއް ހަލާކުކޮށްލައިގެން ޓެކްސް އިދާރާ، މީރާގެ އޮފީސް ފަޅާލައިގެން އެތަނަށް ވަތް މީހަކު ތިން މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ، ދެކުލައަރާގޭ މުހައްމަދު އަސްލަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނުވަ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މީރާ އޮފީސް ފަޅާލި ކަމަށް ކޯޓުގައި އޭނާ ވަނީ އެއްބަސްވެފަ އެވެ. ކުށަށް އިއުތިރާފުވަމުން އޭނާ ބުނެފައިވަނީ އެއީ މަސްތުގެ ހާލަތުގައި ހުރެ ކުރެވުނު ކަމެއް ކަމަށެވެ.

އޭނާ ކުށަށް އިއުތިރާފުވުމާ ގުޅިގެން އިއްވި އަވަސް ނިޔާގެ ހުކުމުގައި ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ތިން މަހާއި 18 ދުވަސް އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަށް 27 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

އެއާއެކު، އޭނާ މިހާރު ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒު ކުރަން ޖެހޭނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

މީރާއިން އޭރު ބުނި ގޮތުގައި، މުވައްޒަފަކު އަތުން ގެއްލުނު 25ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނަގާފައެއް ނުވެ އެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ ކޮށްފައި ނުވެ އެވެ.

މުހައްމަދު އަސްލަމް މީރާ ފަޅާލައިގެން އޭރު ހައްޔަރުކޮށްފައިވަނީ އޭނާ ޖަލުން ދޫވިތާ ތިން ހަފްތާ ފަހުންނެވެ. އޭނާ ޖަލުން މިނިވަންވީ ޖުލައި މަހުގެ 19 ވަނަ ދުވަހުގަ އެވެ. މީރާ ފަޅާލައި ވައްކަމެއް ކޮށްފައި އޭގެ 21 ދުވަސް (ތިން ހަފުތާ) ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox