މިއަދު މެންދުރުން ފެށުގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް އެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މެންދުރު 14:00 އިން 16:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
އެގޮތުން ހެންވޭރު އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.












