ވޯޓާ ތީމް ޕާކުގެ ބިން ސާފުކުރަން ވެސް 24 މިލިއަން ރުފިޔާގެ ހިޔާނާތް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަން ނިންމި ވޯޓާ ތީމް ޕާކްގެ މަޝްރޫއުގެ ދަށުން ހަދަން ފަށާފައިވާ އިމާރާތެއް. - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަން ނިންމި ވޯޓާ ތީމް ޕާކްގެ މަޝްރޫއުގެ ދަށުން ހަދަން ފަށާފައިވާ އިމާރާތެއް. - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވޯޓާ ތީމް ޕާކެއް ތަރައްގީކުރަން ކަނޑައެޅި ބިން ސާފުކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 2017-2018 ވަނަ އަހަރުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނީ، ވޯޓާ ތީމް ޕާކު ތަރައްގީ ކުރަން ކަނޑައެޅި ބިން ދެ މަރުހަލާއަކަށް ބަހާލައިގެން ތަފާތު ދެ ކުންފުންޏަކާ ހަވާލުކުރި ކަމަށެވެ.

އެގޮތުން، 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި 30،000 ޓަނުގެ ކުނި ހުސްކޮށް ތިލަފުއްޓަށް ގެންދަން 12.36 މިލިއަން ރުފިޔާއަށް ވެމްކޯ އާ ހަވާލުކުރި ކަމަށެވެ.

ޖެހިގެން އައި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ މަސައްކަތުގެ ދެވަނަ މަރުހަލާ، 18.04 މިލިއަން ރުފިޔާއަށް އެޗްޑީސީން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏަކާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް، ދެވަނަ މަރުހަލާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެޗްޑީސީގެ ޕްރޮކިޔުމަންޓު އުސޫލާ ހިލާފަށް ޑީޓެއިލްޑް ސްޕެސިފިކޭޝަން އަދި ސްކޯޕް އޮފް ވޯކް ފަދަ ލިޔެކިޔުންތައް ތައްޔާރުނުކޮށް ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެކަމުގެ ސަބަބުން އޮޑިޓު އޮފީހުން ބުނި ގޮތުގައި، އެ މަސައްކަތް އެ ކުންފުންޏަށް ކުރެވޭނެ ކަމުގެ ގާބިލުކަމާއި އުޅަނދުފަހަރު ފަދަ ވަސީލަތްތައް ހުރިކަން ވެސް ކަށަވަރުކޮށްފައި ނުވެ އެވެ.

ރިޕޯޓުގައި އިތުރަށް ބުނީ، އެ މަސައްކަތް އާންމުކޮށް އިއުލާނު ނުކޮށް ހަވާލުކޮށްފައިވަނީ ބީލަމަށް ގޮސްގެން ހޭދަވާނެ ވަގުތު ސަލާމަތް ކުރުމަށް ކަމަށް، އެޗްޑީސީގެ ބޯޑަށް މެނޭޖުމަންޓުން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ވޯޓާ ތީމް ޕާކެއް ތަރައްގީކުރަން ނިންމައި، ބިން ކަނޑައެޅިފަހުން، އެތަން ސާފުކުރަން އެޗްޑީސީއަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ލިބުނު ކަމަށާއި، އެއީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން އެ މަސައްކަތް ހަވާލުކުރަން އެކަށީގެންވާ މުއްދަތެއް ކަން ވެސް އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެ ކުންފުންޏަށް މަސައްކަތް ނިންމުމުން، އެއްބަސްވުމުގެ ސްކޯޕް އޮފް ވާކަށް ބަދަލެއް ނުގެނެސް، މަސައްކަތް ނިންމުމަށްޓަކައި އިތުރު 6.87 މިލިއަން ރުފިޔާ ދީފައިވާކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

"...މަސައްކަތުގެ ސްކޯޕަށް ބަދަލު ނުގެނެސް، ހަމައެކަނި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތު އިތުުރުކޮށް، މަސައްކަތް ހަވާލުވި ކުންފުންޏަށް އިތުުރަށް 6.87 މިލިއަން ރުފިޔާ ދިނުމުން މަސައްކަތް ހަވާލުވި ކުންފުންޏަށް ނާޖާއިޒުު މަންފާތަކެއް ހޯދައި ދިނުމަށް މަގުފަހިވެ، މަސައްކަތުގެ ހަރަދުު ބޮޑުވެ، އެޗްޑީސީއަށް މާލީ ގެއްލުންތަކެއް ލިބިގެންދާނެކަން ފާހަގަކުރެވެ އެވެ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއާއެކު، ވޯޓާ ތީމް ޕާކު ތަރައްގީކުރުމަށް ބޭނުންކުރި ބިން ހުސްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބެލެވޭތީ، މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އޮޑިޓު އޮފީހުން ވަނީ އަންގައިފަ އެވެ.

އަދި، މަސައްކަތުގެ ސްކޯޕަށް ބަދަލު ނުގެނެސް، މަސައްކަތުގެ މުއްދަތު އިތުރުކޮށް، އިތުރު 6.87 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަމަށް ބެލެވޭތީ، އެ މައްސަލަ ވެސް އޭސީސީއަށް ހުށަހަޅައިގެން ތަހުގީގުކުރުމަށް ވެސް އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ.

މުޅި މަޝްރޫއުއަށް ހިޔާނާތުގެ ތުހުމަތު

ވޯޓާ ތީމް ޕާކު ތަރައްގީ ކުރަން ކަނޑައެޅި ބިން ސާފުކުރުމުގެ އިތުރުން، އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ތީމް ޕާކަކާ އެކު ހޮޓަލެއް ވެސް ހިމެނޭ 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) މަޝްރޫއު މެލޭޝިއާގެ މިރި ހައުސިން ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ މަގުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމު ކުރަން ދީފައިވަނީ 35 އަހަރަށެވެ.

އެނގިފައިވާ ގޮތުގައި އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލުމަށް އެޗްޑީސީގެ ފަރާތުން އޭސީސީއަށް ފޮނުވާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ތަހުގީގު ނުނިމޭތީ، އެ އެއްބަސްވުން ބާތިލުނުކުރެވިގެން، ތަހުގީގު އަވަސްކޮށް ދިނުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އެޗްޑީސީން ވަނީ އޭސީސީގައި އެދިފަ އެވެ. ނަމަވެސް، އޭސީސީގެ އެ ތަހުގީގު އަދިވެސް ނުނިމެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox