ހާރިސް މަރާލުމުގެ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތެއް ނުވި

ހާރިސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ޔާމީން؛ އޭނަގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ހާރިސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ޔާމީން؛ އޭނަގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި, ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ގަފޫރު ގަޔަށް ވަޅި ޖަހައި މަރާލުމުގެ ދައުވާ ލިބުނު ޔާމިން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ޏ. ފުވައްމުލަކު ހިލްޓަން، ޔާމިން ރަޝީދު، 23، ގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ކޯޓުން ކުރި ހުކުމުގައި ވަނީ ޔާމީނަށް ހަމަލާ ދެނިކޮށް ފެނިފައިވާ ކަމަށް ޝަރީއަތަށް ހެކިބަސް ދިން އެއްވެސް ހެކިވެރިޔަކު ބުނެފައިނުވާ ކަމަށެވެ. އެ ކަން ސާބިތުކުރަން ދައުލަތަށް އެންމެ މުހިންމުވި ހެކިވެރިން ޝަރީއަތަށް ހާޒިރު ނުކުރެވުނެވެ.

ހެކިބަސް ނުދޭ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ރިއާޔަތް ކޮށްދޭން ދައުލަތުން އެދުނަސް އެއީ ދައުވާ ލިބޭ ފަރާތަށް ހިއްސާ ކުރެވިފައި ނުވާ ބަޔާންތަކެއް ކަމުން އެ ބަޔާންތަކަށް ރިއާޔަތް ކުރެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެހެން ގައުމުތަކުގައި ވެސް ކޯޓަށް ހާޒިރު ނުކުރެވޭ ހެކިންގެ ބަޔާންތަކަށް ކޯޓުން ރިއާޔަތް ކުރަނީ ގާނޫނުގައި ބަޔާންކުރާ ވަކި ހާއްސަ ހާލަތްތަކެއްގައި ކަމަށާއި އެކަމަކު ރާއްޖޭގައި އެފަދަ ގާނޫނެއް ނެތްއިރު، ހެކިންނާ ސުވާލު ކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

މައްސަލަ ސާބިތު ކުރުމަށް ކިތާބީ ހެއްކެއްގެ ގޮތުގައި އޮތީ ހާރިސްގެ ޖީންސުން ޔާމީންގެ ލޭ ފެނުމާއި، ހާދިސާ ހިނގި ސަރަހައްދުން ފެނުނު ފައިވާނުން ވެސް ޔާމީންގެ ޑީއެންއޭ ފެނުމެވެ. އެކަމަކު އޭގެ ކުރިން ވެސް އެ ދެ މީހުންގެ ދެމެދު މާރާމާރީއެއް ހިނގާފައި އޮތް ކަމަށް، ފުލަހަކު ޝަރީއަތަށް ހެކިބަސް ދީފައިވާތީ، އެއީ ސީދާ ހާދިސާއާ ގުޅުންހުރި ހެކި ކަން ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.

ހާރިސް މަރާލީ ކ. ހިންމަފުށީ ޑްރަގް ރިހިބެލިޓޭޝަން ސެންޓަރުން ފަރުވާ ހޯދުމަށް ފަހު ހުޅުމާލެ ހާފްވޭ ހައުސްއަށް ދާން ވެގެން އެ ތަނަން ވަންނަން އުޅެނިކޮށެވެ. ހުޅުމާލެ ހާފްވޭ ހައުސްއަކީ މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުން ބައިތިއްބާ ތަނެކެވެ.

ހާރިސް އޭރު ގެންދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ހުކުމް އިއްވުމުގެ ކުރިން ހާރިސް އާއި ޔާމީން ރަޝީދު ދެމެދު 2015 ވަނަ އަހަރު ތެރޭ މާރާމާރީއެއް ހިންގި ކަމުގެ ރެކޯޑް ވެސް ފުލުހުގައި އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox