މި ފެށުނު އަހަރަކީ ރާއްޖޭގެ ތާރީހުގައި މުހިންމު އަހަރެއް ކަމަށާއި ނިންމުންތައް ނިންމުމުގައި ގައުމުގެ މަސްލަހަތު އިސްކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.
އާ އަހަރަށް މަރުހަބާ ކިޔައި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނީ، 2023 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި މުހިންމު އަހަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ހުރިހާ ރައްޔިތުން ވެސް ކަންކަމާ މެދު ވަރަށް ފުންކޮށް ވިސްނައި، ނިންމުންތައް ނިންމުމުގައި ގައުމުގެ މަސްލަހަތު އިސްކުރުމަށް އެމްއާރްއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ނިންމުންތައް ނިންމެވުމުގައި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ. އަދިު ޒިންމާދާރުކަމާއެކީ އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަން އަޒުމު ކަނޑައަޅަންޖެހޭ،" އެމްއާރްއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއާރްއެމް އިން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.












