ސުއަރޭޒް، ބްރެޒިލްގެ ގްރެމިއޯ އަށް

Jan 2, 2023, 4:59 AM
ސުއަރޭޒް، ބްރެޒިލްގެ ގްރެމިއޯ އަށް

ސައޮ ޕޯލޯ (ޖެނުއަރީ 2) - ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އުރުގުއޭގެ ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒް ބްރެޒިލްގެ ގްރެމިއޯއާ ގުޅިއްޖެ އެވެ.

ސުއަރޭޒް ،35، ގްރެމިއޯއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ކުރިން އަޔަކްސް، ލިވަޕޫލް، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ސުއަރޭޒް އެންމެ ފަހުން ކްލަބު ފުޓްބޯޅައިގައި ކުޅުނީ އުރުގުއޭގެ ނަސިއޮނާލް އަށެވެ.

ސުއަރޭޒްގެ ކެރިއަރު ފެށި ކްލަބު ކަމަށްވާ ނަސިއޮނާލްއާ ޖުލައި މަހު ގުޅުމަށް ފަހު އޭނާ އެ ކްލަބުގައި ހޭދަކުރީ ތިން މަހެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 16 މެޗުން އަށް ލަނޑު ކާމިޔާބުކޮށްދީ، އުރުގުއޭގެ ލީގު ޗެމްޕިއަންކަން ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ.

ގްރެމިއޯ އިން ބުނީ ސުއަރޭޒް އެ ކްލަބާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ގަތަރުގައި މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި އުރުގުއޭ ކުޅުނު ތިން މެޗުގައި ވެސް ސުއަރޭޒް ކުޅުނެވެ. އެކަމަކު، ސުއަރޭޒް އަށް މުބާރާތުގައި ލަނޑެއް ނުޖެހުނެވެ.

ގްރެމިއޯ ބްރެޒިލްގެ ސީރިއާ ބީ އިން ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ. މި އަހަރު ގްރެމިއޯ ކުޅޭ ފުރަތަމަ މެޗު އޮތީ މި މަހުގެ 17 ވަނަ ދުވަހެވެ.

ނަސިއޮނާލް އިން ކެރިއަރު ފެށުމަށް ފަހު، ސުއަރޭޒް ނެދަލޭންޑްސްގެ އެފްސީ ގްރޮނިގެންއާ ގުޅުނީ 2006 ވަނަ އަހަރެވެ. ޔޫރަޕްގައި ސުއަރޭޒް ހޭދަކުރި ކާމިޔާބު އަހަރުތަކުގައި އޭނާ ވަނީ ބާސެލޯނާއާ އެކު 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox