މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރަން މުހިންމު: މޭޔަރު

މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު. އޭނާ ވިދާޅުވީ މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަކީ އެންމެންގެ ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދާން ޖެހޭ ކަމަށް -- ފޮޓޯ: އަދަދު

މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު. އޭނާ ވިދާޅުވީ މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަކީ އެންމެންގެ ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ދާން ޖެހޭ ކަމަށް -- ފޮޓޯ: އަދަދު

މާލޭގެ މަގުތަކަށް އާންމުކޮށް ކުނި އަޅާ ތަންތަން ފާހަގަކޮށް، މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އާންމުކޮށް ކުނި އަޅާ ތަންތަން ގޮތުގައި މާލޭގެ ހަތަރު އަވަށުން ޖުމްލަ 18 ތަނެއް ފާހަގަކޮށް ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ލިސްޓަކާ އެކު ސިޓީ ކައުންސިލްގެ ވައިބާ ގުރޫޕަށް ކުރެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން މަގުތަކަށް މީހަކު ކުނި އަޅާތަން ފެނިއްޖެ ނަމަ އެ މީހަކަށް މަޑުމައިތިރި ކަމާއެކު ނަސޭހަތްތެރިވުމަށާއި، ނަސޭހަތްތެރިވެގެން އެކަން ނުހުއްޓައިފި ނަމަ ފޮޓޯ ނަގާފައި އެ ދާއިރާއެއްގެ ކައުންސިލަރާއި ނުވަތަ ފުލުހުންނާ ހިއްސާ ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މާލޭގެ މަގުތަކަށް އާންމުކޮށް ކުނި އަޅާ ތަންތަން ކަމަށް ފާހަގަކޮށްފައިވާ ސަރަހައްދުތައް

  • މާފަންނު / ސަބުދެލި މަގު / ސަތަރު ގޯޅި ކަންމަތި
  • މާފަންނު / އަލިރަސްގެފާނު ޒިޔާރަތް ކައިރި
  • މާފަންނު / ޖަންބުމަގު
  • މައްޗަންގޯޅި / ސަހަރާ ކައިރި
  • މައްޗަންގޯޅި / ކުރިކީލަ މަގު / ނިކަގަސް މަގު ކަންމަތި
  • މައްޗަންގޯޅި / ހިތިލާގެ / ރެޑްމީ ކައިރި
  • މައްޗަންގޯޅި / ބޮޑުފުޅައްގޯޅި
  • ގަލޮޅު / ސަހަރާ މަގު / ގ. ސެންޓުގެ ކައިރި
  • ގަލޮޅު / ފާށަނާކިލެގެ މަގު / ދާދަރާގޯޅި
  • ގަލޮޅު / ރާދަފަތި ހިނގުން / ގ. ބީޗްނެސްޓު ކައިރި
  • ގަލޮޅު / ބަނަފުސާ މަގު / ގ. ފަހިވާގެ ރޯޒުމޯޑު ކުރިމަތި
  • ގަލޮޅު / މިޔަލަނި ގޯޅި
  • މާފަންނު، މައްޗަންގޯޅި، ގަލޮޅު / އަމީނީމަގު ކޮޅުބެދިފައި ހުންނަ ގޯޅިތައް
  • ހެންވޭރު / ކަރަންކާމަގު، އަބަދަށްފެހި ކަންމަތި
  • ހެންވޭރު / އަބަދަށްފެހި މަގު / ހުޅުދޫގެ ކައިރި
  • ހެންވޭރު / އެވާޗާންސު ގޯޅިގަނޑު ތެރެ
  • ހެންވޭރު ސަހަރާ / ފޫޅުމާގެ ކައިރި
  • ހެންވޭރު / ވައިޖެހޭ މަގު އުތުރުން މަޖީދީ މަގު ކަންމަތި

ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން މާލޭގެ މަގުތައް ސާފުކުރުމުގެ ޒިންމާ މީގެ ކުރިން އަދާ ކުރަމުން ގެންދިޔައީ އެކަމަށް ހާއްސަކޮށް 2016 ވަނަ އަހަރު އުފެއްދި ވެމްކޯ އިންނެވެ. އެހެންނަމަވެސް އެ އެއްބަސްވުން މިދިޔަ މަހު 26 ވަނަ ދުވަހު ހަމަވުމުން އެ އެއްބަސްވުން އާ ނުކުރުމަށް ސިޓީ ކައުންސިލުން ނިންމީ ކުންފުނިން އެ މަސައްކަތް ކުރާ އަގު ބޮޑު ކަމަށާއި މަސައްކަތުގެ ޒިންމާ ރަނގަޅަށް އަދާ ނުކުރާ ކަމަށް ބުނެ އެވެ.

އެއަށްފަހު މާލެ ސާފުތާހިރުކޮށް ބޭއްވުމުގެ ޒިންމާ އަދާ ކުރުމަށް ނިންމީ މާލެ ސިޓީ ކައުންސިލުންނެވެ. އެއާއެކު މާލޭގެ މަގުތައް ގޮނޑުވުމާއި ވެމްކޯއިން އެ މަސައްކަތް ކުރަމުން އައި އިރު އެކަން ކުރިހައި ފުރިހަމަކޮށް އެ މަސައްކަތް މިހާރު ނުކުރެވޭ ކަމަށް ބުނެ ގިނަ ބައެއްގެ ޝަކުވާތައް ވަނީ އިތުރު ވެފަ އެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެންވަރަމަންޓު ޕްރޮޓެކްޝަން އޭޖޭންސީން ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަޔާނެއް ނެރެފަ އެވެ.

ވެމްކޯއިން ކުރިއަށްގެންދިޔަ ބިޔަ ޕްރޮޖެކްޓާ ކައުންސިލުން ހަވާލުވީ 100 އެއްހާ މުވައްޒަފުން އެ މަސައްކަތަށް ނަގައިގެންނެވެ. އޭގެ ތެރޭގައި ކުނި ނެގުމާއި ކުނި ކެހުމަށް 80 މީހުން ނެގި އެވެ.

މިވަގުތު ކައުންސިލުން މަސައްކަތް ކުރަމުންދަނީ ކުނީގެ މަސައްކަތަށް ބޭނުންވާ އުޅަނދުތައް ކުއްޔަށް ނަގައިގެންނެވެ. އެ ކައުންސިލުގެ އަމިއްލަ އުޅަނދުފަހަރުގައި އެ މަސައްކަތް ކުރަން އަދި ފަސް ވަރަަކަށް މަސްދުވަސް ވާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox