އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
މާލެއަށް ނިސްބަތްވާ ފިރިހެނަކު 15 އަހަރަށް ޖަލަށްލާން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައި ވަނީ 2018 ވަނަ އަހަރުން ފެށިގެން ކުޑަ ދެ ކުދިންނަށް ޖިންސީ ގޯނާކޮށްގެންނެވެ. އެ ކުދިންނަށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާއާއެކު އެ ކުދިން އެއްކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަ ދުވަސްކޮޅެއްގަ އެވެ.
އެ ކުދިންނަށް ޖިނސްީ ގޯނާ ކުރި ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބިނާކޮށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފަ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު، އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.














