މާލެތެރެ ސާފުކުރުން ސިޓީ ކައުންސިލުން ހީކުރާހާ ފަސޭހައެއް ނޫން: ވެމްކޯ

ވެމްކޯއިން ބުނީ ސިޓީ ކައުންސިލުން މި މަސައްކަތާ ހަވާލުވީ ވެމްކޯގެ މަސައްކަތް "އަންޑަރ އެސްޓިމޭޓްކޮށްފައި" ކަމަށްް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެމްކޯއިން ބުނީ ސިޓީ ކައުންސިލުން މި މަސައްކަތާ ހަވާލުވީ ވެމްކޯގެ މަސައްކަތް "އަންޑަރ އެސްޓިމޭޓްކޮށްފައި" ކަމަށްް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަން ސާފްކުރުމާއި ކުނިނެގުމުގެ މަސައްކަތާ ހަވާލުވި އިރު ސިޓީ ކައުންސިލަށް ހީވެފައި އޮތީ އެއީ ވަރަށް ފަސޭހަ މަސައްކަތެއް ކަމަށް ބުނެ ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ސިޓީ ކައުންސިލަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ، އެ ކޯޕަރޭޝަނާއެކު ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެ މަސައްކަތް އެ ކައުންސިލުން ކުރަން ނިންމި އިރު ސިޓީ ކައުންސިލަށް ހީވެފައި އޮތީ އެއީ ވަރަށް ފަސޭހަ މަސައްކަތެއް ކަމަށެވެ. އަދި އެ ކައުންސިލުން މިކަން ކުރީ ވެމްކޯގެ މުވައްޒަފުން ކުރަމުން ގެންދިޔަ ބުރަ މަސައްކަތް "އަންޑާ އެސްޓިމޭޓް" ކުރުމަށްފަހު ކަމަށް ސިރާޖް ވިދާޅުވި އެވެ.

"މީގެ ކުރިން މި ހިދުމަތް ވެމްކޯއިން ދެމުން ގެންދިޔައީ މާލެ އަދި ވިލިމާލޭގެ ހުރިހާ ރައްޔިތުންނަށް. އެހެން މި ދެންނެވީ މާލޭގެ މަގުމައްޗަށް އަޅާ ހުރިހާ ކުންޏެއް ވެމްކޯއިން ސާފްކުރަމުން ދިޔަކަން މިއަދު ސިޓީ ކައުންސިލަށް ވެސް އަދި ހާއްސަކޮށް މޭޔަރަށް ވެސް ދޭހަވެގެން ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސިރާޖް ވިދާޅުވި އެވެ.

އެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވެ ރަސްމީކޮށް މާލެ ތެރެ ސާފްކުރުމުގެ މަސައްކަތް ފެށިތާ އަދި އެންމެ 48 ގަޑިއިރު ވެފައިވާއިރު، އެތައް ޝަކުވާއެއް ކޮށްފައިވާކަން ފާހަގަކޮށް ސިރާޖް ވިދާޅުވީ މި މަސައްކަތް ނުވާ ނަމަ އެ ކޯޕަރޭޝަނުން މީގެ ކުރިން ދިން މާލެތެރެ ސާފްކުރުމުގެ ހިދުމަތް އަލުން ދޭން ފެށުމަށް އެ ކޯޕަރޭޝަނާއި މުވައްޒަފުން ވެސް ތިބީ ތައްޔާރަށް ކަމަށެވެ.

"މިއަދު ސިޓީ ކައުންސިލަށް ޔަގީންވެގެން ހިނގައްޖެ މިކަމަކީ ސިޓީ ކައުންސިލުން އެ ހީކުރި ވަރަށްވުރެ މާ ބުރަ ބޮޑު މަސައްކަތެއްކަން. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ސިޓީ ކައުންސިލަށް އެކަން ނުކުރެވޭކަމަށް ވަންޏާ ވެމްކޯއާ ހަވާލްކޮށްދެއްވާށޭ،" ސިރާޖް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ވެސް އިއްޔެ ވަނީ މި ހިދުމަތް ދޭން ފެށުމާއި ގުޅިގެން ނޫސްވެރިންްގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގާ މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކަށް ގޭބިސީތަކުން ޖަމާކުރާ ކުންޏަކީ ވެމްްކޯއިން ނަގަން ޖެހޭނެ ކުންޏެއް ކަމަށާއި އެކަން ނުކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox