އަންނަ ޖެނުއަރީ މަހުން ފެށިގެން ވަކީލުންގެ އަތުން އިތުރު ފީތަކެއް ނަގާ ގޮތަށް ބާ ކައުންސިލުން ނިންމައިފި އެވެ.
ބާ ކައުންސިލުން ވަކީލުންގެ އަތުން ނަގައި ފީތައް އިތުރު ކުރަން ނިންމީ, އަންނަ އަހަރަށް އެ ކައުންސިލަށް ކަނޑައެޅި ބަޖެޓް ކުޑަވީމަ އެވެ. އެގޮތުން, އެ ކައުންސިލުން ދެމުންދާ ހިދުމަތްތަކާ ގުޅޭ ފީތައް ބޮޑުކޮށް އަދި ބައެއް އާ ފީތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.
އޭގެ ތެރޭގައި ވަކީލު ކަމުގެ ހުއްދަ ދޫކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރުމާއި، ލޯފާމް ހިންގުމަށާއި، އަމިއްލަ ލީގަލް ޕްރެކްޓިސް ކުރުމުގެ ހުއްދައަށް ވެސް ފީތަކެއް ކަނޑައަޅާފައިވެ އެވެ.
ވަކީލުންގެ އަތުން ނަގަން ފަށާ ފީތައް؛
- ވަކީލު ކަމުގެ ހުއްދަ ދޫކުރުން - 2،000 ރ.
- ސުޕްރީމް ކޯޓުގެ ހުއްދަ - 2،000 ރ.
- ހައި ކޯޓުގެ ހުއްދަ - 1،500 ރ.
- ޕަބްލިކް ނޯޓަރީގެ ހުއްދަ - އަހަރަކު 2،000 ރ.
- ލޯފާމްގެ ރަޖިސްޓްރީ - އަހަރަކު 2،000 ރ.
- ލީގަލް ޕްރެކްޓިސްގެ ރަޖިސްޓްރީ - އަހަރަކު 1،000 ރ.
- ވަކީލު ލައިސަންސް ކާޑު ހެއްދުމާއި އާކުރުން - 500 ރ.
- ވަކީލު ލައިސަންސްގެ ޓްރާންސްލޭޝަން - 1،000 ރ.
- ވަކީލު ލައިސަންސް ގެއްލިގެން ހެއްދުން - 1،000 ރ.
- ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން - 1،000 ރ.
- ބާކައުންސިލްގެ އެކްސްކޯ އިންތިހާބަށް ކުރިމަތިލުން - 5،000 ރ.













