ވެމްކޯއިން ކުރަނީ "ޖެއްްސުން"; ކޯޓަށް ދާނެ ކަމުގެ އިންޒާރު

ސިޓީ ކައުންސިލުން ބުނީ ވެމްކޯއިން "ޖެއްސުންކުރުން" ހުއްޓާަނުލާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިޓީ ކައުންސިލުން ބުނީ ވެމްކޯއިން "ޖެއްސުންކުރުން" ހުއްޓާަނުލާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލެ ސިޓީ ކައުންސިލަށް "ޖެންސުން" ކުރާކަމަށް ބުނެ ކޯޓަށް ދާނެ ކަމުގެ އިންޒާރު ދީފި އެވެ.

މާލެ/ވިލިމާލޭގެ އާންމު ތަންތަނުގެ ކުނި ނެގުމާއި ސާފުކުރުމަށް ސިޓީ ކައުންސިލުން 2016 ވަނަ އަހަރު ވެމްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 26 ވަނަ ދުވަހަށް ހަމަވެފައިވާއިރު، އެ އެއްބަސްވުންް އާނުކުރުމަށް ނިންމައި، އެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ކުރަން ފަށާފަ އެވެ.

އިއްޔެ ސިޓީ ކައުންސިލުން ފެށި މާލެ/ވިލިމާލޭގެ އާންމު ތަންތަނުން ކުނި ނެގުމާއި ސާފުކުރުމުގެ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެމްކޯއިން އެ ކައުންސިލުން ކުރާ މަސައްކަތަށް ޖެއްސުންކުރުމުގެ ނިޔަތުގައި ބައެއް އަމަލުތައް ހިންގާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި މަސައްކަތަށް އެއްބާރުލުން ދޭނަމަ މާލެ އަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވޭނެ ކަމަށެވެ. އެކަންް ކުރެވޭނީ މާލޭގައި ދިރިއުޅޭ ފަރާތްތަކުންް ކައުންްސިލަށް އެއްބާރުލުން ދީގެންކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ ވެމްކޯގައި ރަޖިސްޓްރީވެގެން ގޭގެއިން ނަގާ ކުނި މަގުމަތީގައި ނުބެހެއްޓުމަށް އިލްތިމާސްކުރައްވައިފަ އެވެ.

އަދި ވެމްކޯއިން އެ ކުނި މަގުމައްޗަށް ނެރުމަށް އެދުނު ނަމަވެސް ކުނި މަގުމައްޗަށް ނުނެރުމަށް މުއިއްޒު ވަނީ އެދިފަ އެވެ.

ރޭ ސިޓީ ކައުންސިލުން މަގު ސާފު ކުރާތީ ވެމްކޯއިން މީގެ ކުރިން ކުނި ޖަމާކުރަމުން ދިޔަ ކަލެކްޝަން ޕޮއިންޓުތަކުންވެސް ކުނި ނުނަގާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެން ދުވަސްދުވަހާ ހިލާފަށް ރޭގަ އެކަނިވެސް ވަރަށް ގިނަ ގޭގެއިން، އެހެންޏާ ކަލެކްޝަން ޕޮއިންޓުތައް ގޮތުގާ މަގުމައްޗަށް ކުނި ޖަމާކުރާ ތަންްތަނުން ނަގާ ކުނިވެސް ރޭގައި ނުނަންގަވާ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަގުމަތީގައި ގެތަކުން ނެރެފައި ހުންނަ ކުނި ނެގުމަށް ރަސްމީކޮށް މިއަދު ވެމްކޯއަށް އަންްގާނެ ކަމަށެވެ. ކުނި ނުނަގާނަމަ އެކަމުގައި "ހަރުކަށި" ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މުއިއްްޒު ދެއްވި އެވެ.

"ކުންޏާ ބެހޭ ގާނޫނު އޮވޭ. އެންވަޔަރަމެންޓާ ބެހޭ ގާނޫނު އޮވޭ. އާންމު ކަންކަމަށް އުނދަގޫވުމާ ރިލޭޓެޑް ގާނޫނު އޮވޭ. މި ހުރިހާ އެއްޗަކުން އަޅުގަނޑުމެން ފިޔަވަޅު އަޅާނަން ވެމްކޯއިން އެއްބާރުލުން ނުދޭނަމަ ވެމްކޯއާ ދޭތެރޭ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެކުނި މަގުމަތީގައި ހުންނަ ނަމަ ނަގާނެ ކަމަށާއި، ނަމަވެސް އޭރުން ސިޓީ ކައުންސިލަށް އެކުރެވެނީ ބަޔަކު ވެމްކޯއަށް ފައިސާ ދައްކައިގެން ވެމްކޯއިން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.

"[ގޭބިސީތަކުން ކުނި ނެގުން] އެއީ ވެމްކޯގެ ޒިންމާއެއް. ތިބޭފުޅުން ވެމްކޯއަށް ތިދައްކަވާ ފައިސާއިންް އެބޭފުޅުންް އެ ކަލެކްޓުކުރައްވަން ޖެހޭ ކުނި ނަންގަވައިގެން ގެންދިއުން. އެ ކުންޏަކީ މަގުމައްޗަށް ދޫކޮށްލައްވާ ކުންޏަކަށް ނަހައްދަވާ،" މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތަކުން ނަގާ ކުނި ގެންގޮސް ވެމްކޯ ސަރަހައްދަށް ވެއްދުމަކީވެސް ފައިސާ ދީގެން ކުރާ ކަމަކަށް ވާއިރު، ވެމްކޯއަށް ފައިސާ ދައްކައިގެން ވެމްކޯއިން ކުރާ މަސައްކަތެއް މާލެ ސިޓީ ކައުންސިލުން ކުރުމަކީ "ދެކޮޅު ޖެހޭ ކަމެއް ނޫން"ކަމަށް ވިދާޅުވި އެވެ.

"ވެމްކޯއަށް ތިބޭފުޅުން ފައިސާ ދައްކަވާ. ވެމްކޯއިން އެކުނި ދޫކޮށްލާފަ ދަނީ. އަޅުގަނޑުމެން އެކުނި ނަގާނީ، ނަގާފަ އަޅުގަނޑުމެންގެ ލޮރީ ގެންގޮސް ވެމްކޯ ސައިޓަށް ވައްދަން އެބަ ގޭޓު ފައިސާ ދައްކަން ޖެހޭ. އެބޭފުޅުންނަށް ފައިސާ ދައްކާފައި ހުރި ކުންޏެއް އެބޭފުޅުންނަށްވެސް ފައިސާވެސް ލިބި އަނެއްކާ ގޭޓު ފައިސާގެ ގޮތުގަވެސް ހަމަ އެއްކަލަ ކުންޏަށް ފައިސާ ލިބޭނީ" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންްސިލުން މީގެ ކުރިން ވެމްކޯއިން ކުރަމުން ދިޔަ މަސައްކަތާ މެދު ހިތްހަމަ ނުޖެހި އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ ވެމްކޯއިން މިކަމަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުކަމަށް އަދި މަސައްކަތުގައި ޒިންމާދާރުކަން ކުޑަކަމަށް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox