އަހަރުތަކެއް ފަހުން ވެންގާ އެނބުރި އާސެނަލް ދަނޑަށް: ހުރީ އުފަލުން!

Dec 27, 2022, 8:27 AM
އަހަރުތަކެއް ފަހުން ވެންގާ އެނބުރި އާސެނަލް ދަނޑަށް: ހުރީ އުފަލުން!

ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ ތާވަލްގެ އެއް ވަނައިގައި އޮތް އާސެނަލް ލީޑު ފުޅާކުރިއިރު، މި މެޗަށް ހާއްސަ މެހެމާނެއްގެ ގޮތުގައި އިނީ އެ ޓީމުގެ ކުރީގެ ކޯޗު އާސެން ވެންގާ އެވެ. މިއީ އާސެނަލްގެ ކޯޗުކަމުން ވަކިވި ފަހުން، ވެންގާ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމަށް ވެންގާ އައި ފުރަތަމަ ފަހަރެވެ.

އާސެނަލްގެ ކޯޗުކަމުގައި 1996 އިން 2018 ވަނަ އަހަރާ ހަމައަށް ވެންގާ، 73، މަސައްކަތްކުރިއިރު، އާސެނަލް އިން ވަނީ މި މުއްދަތުގައި ތިން ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ތެރެއިން އެއް ސީޒަންގައި އާސެނަލުން ޕްރިމިއާ ލީގުގެ ތަށި ނެގީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.

އާސެނަލްގެ ކޯޗުކަމުން ވަކިވާ ހިސާބުން، ދެން އެ ޓީމު ކުޅޭތަން ބަލަން ދަނޑަށް ނާންނާނެ ކަމަށް ކުރިން ބުނި ނަމަވެސް، ރޭ އާސެނަލް އާއި ވެސްޓް ހޭމް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ބަލަން ވެންގާ ޑައިރެކްޓާސް ބޮކްސްގައި އިނެވެ. އާސެނަލް އިން ވަކިވުމަށް ފަހު ވެންގާ މަސައްކަތް ކުރަމުންދަނީ ފީފާގެ މަގާމެއްގަ އެވެ.

އާސެނަލް ވަނީ ރޭގެ މެޗުން ފަހަތުން އަރައި ވެސްޓް ހޭމް އަތުން 3-1 އިން މޮޅުވެ، ތާވަލްގެ އެއް ވަނައިގައި ހަތް ޕޮއިންޓް ލީޑެއް ނަގައިފަ އެވެ. އާސެނަލް ރަނގަޅު ފޯމެއްގައި އޮތްއިރު، 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް އެ ކްލަބުން ކުރާ އުންމީދުތައް ވަނީ އާވެފަ އެވެ.

ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ގިނަ ދުވަސްތަކަކަށް ފަހު ވެންގާ އެނބުރި އާސެނަލް އަށް އައީ "ވަރަށް ރަނގަަޅު ދަނޑިވަޅެއްގައި" ކަމަށެވެ.

"މޮޅުވީމަ އޭނާ (ވެންގާ)އާ ވަރަށް ރަނގަޅު މޫޑެއްގައި ހުރެގެން ވާހަކަ ދައްކާލެވޭނެ. ވެންގާ އެނބުރި އެ އެއީ ވަރަށް ރަނގަޅު ވަގުތެއްގައި. މި މެޗުގައި ޓީމުގެ ފަރާތުން ފެނުނީ ވެންގާ އަށް ކަމުދާ ކަހަލަ ކުޅުމެއް،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ވެންގާ މެޗު ބަލަން އަންނަ ކަމެއް ކުޅުންތެރިންނަށް ނޭނގޭ ކަމަށެވެ. އަދި އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ކްލަބާއެކު ވެންގާ ކުރިއަށްވުރެ ގާތް ގުޅުމެއް ބާއްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ވެންގާ އަކީ އަހަރެންގެ ކެރިއަރުގައި މުހިންމު މީހެއް. އަދި މި ކްލަބުގެ ތާރީހުގައި ވެސް މުހިންމު މީހެއް. އުންމީދުކުރަނީ މީގެ ފަހުން އޭނާ ޓީމާ ކުރިއަށްވުރެ ގާތް ގުޅުމެއް ބާއްވާނެ ކަމަށް،" އާޓޭޓާ ބުންޏެވެ.

އާޓެޓާ އަކީ އާސެނަލް ކޯޗުކަމުން ވެންގާ ވަކިވި ފަހުން އެ މަގާމާ ހަވާލުވި ދެ ވަނަ ކޯޗެވެ. ވެންގާ އަށް ފަހު، ފުރަތަމަ އާސެނަލްގެ ކޯޗުކަން ހަވާލުކުރީ ސްޕެއިނުގެ ކޯޗު އުނާއި އެމެރީ އެވެ. އާސެނަލް ކޯޗުކަމުން އެމެރީ ވަކިކުރި ފަހުން، އޭނާ ވަނީ ވިޔަރެއާލަށް ކޯޗުކޮށްދިނުމަށް ފަހު ދާދި ފަހުން އިނގިރޭސި ކްލަބް، އެސްޓަން ވިލާއާ ހަވާލުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox