އަންނަ އަހަރުން ފެށިގެން އެއާވޭ ބިލާއި ކާގޯ މެނިފެސްޓު ނަމްބަރު ދިމާކުރުމަށް ކަސްޓަމްސް އިން އަންގައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް: ކަސްޓަމްސް އިން ބުނީ އަންނަ އަހަރުން ފެށިގެން މުދާ ދޫކުރެވޭނީ ފޯމުގައި ޖަހާ ނަމްބަރުތައް ދިމާ ކުރުމުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް: ކަސްޓަމްސް އިން ބުނީ އަންނަ އަހަރުން ފެށިގެން މުދާ ދޫކުރެވޭނީ ފޯމުގައި ޖަހާ ނަމްބަރުތައް ދިމާ ކުރުމުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

މުދާ އިމްޕޯޓް ކުރުމަށްޓަކައި ކަސްޓަމްސް އަށް ހުށަހަޅާ ގުޑްސް ޑިކްލަރޭޝަން ފޯމުތަކުގައި ބަޔާންކޮށްފައި އޮންނަ އެއާވޭ ބިލް ނަމްބަރާއި އެމުދަލުގެ ކާގޯ މެނިފެސްޓު ނުވަތަ ހައުސް ބީއެލް ނަމްބަރު، އަންނަ އަހަރުން ފެށީގެން ދިމާކޮށްފައި ހުށަހެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަންގައިފި އެވެ.

އާދީއްތަ ދުވަހު ކަސްޓަމްސް އިން ޝާއިއު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކަސްޓަމްސްއަށް ހުށަހަޅާ ބައެއް ގުޑްސް ޑިކްލަރޭޝަންތަކުގައި އެއާވޭ ބިލް ނަމްބަރާއި އެމުދަލުގެ ކާގޯ މެނިފެސްޓު ނުވަތަ ހައުސް ބީއެލް ނަމްބަރު ދިމާނުވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެހެން ކަމުން ބަނދަރު ހިންގާ ފަރާތްތަކަށް ލިޔުންތައް ހުށަހާޅާއިރު ދެ ކަމަކަށް ސަމާލުކަން ދިނުމަށް ކަސްޓަމްސްގެ އިއުލާނުގައި ބުނެފައިވެ އެވެ.

ކަސްޓަމްސްގެ އިއުލާނުގައިވާ ނުކުތާތައް

  • މާސްޓާ ބީއެލް / މާސްޓާ އެއާވޭ ބިލް ނަމްބަރުގެ ގޮތުގައި ބަޔާންކުރަން ވާނީ އުޅަނދުގެ ކާގޯ މެނިފެސްޓުގައި ބަޔާންކޮށްފައި އޮންނަ ފޯމެޓާ އެއްގޮތަށް އެ ނަމްބަރެވެ.
  • ހައުސް ބީއެލް / ހައުސް އެއާވޭ ބިލް ނަމްބަރުގެ ގޮތުގައި ބަޔާންކުރަން ވާނީ އެ މުދަލުގެ ހައުސް ބީއެލް / ހައުސް އެއާވޭ ބިލުގައި ބަޔާންކޮށްފައި އޮންނަ ފޯމެޓާ އެއްގޮތަށް އެ ނަމްބަރެވެ.

ކަސްޓަމްސް އިން ބުނީ ގުޑްސް ޑިކްލަރޭޝަން ތަކުގައި ބަޔާންކޮށްފައި އޮންނަ އެއާވޭ ބިލް ނަންބަރާއި ކާގޯ މެނިފެސްޓު ނުވަތަ ހައުސް އެއާވޭ ބިލުގައި ބަޔާން ކޮށްފައި އޮންނަ ނަންބަރާ ދިމާނުވާ ނަމަ ނުވަތަ ބަނދަރު ހިންގާ ފަރާތްތަކަށް ހުށަހަޅާ އެ މައުލޫމާތު ދިމާނުވާ ނަމަ، ޖެނުއަރީ 1، އިން ފެށިގެން މުދާ ދޫކުރާނީ ކަސްޓަމްސް އިން އަންގާ ގޮތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްފަހުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox