އޮފީސްތަކުގައި "ޗައިލްޑް ކެއާ ސްޕޭސް" ގާއިމުކުރުމުގެ ޕްލޭނާ އެއްގޮތަށް މި އަހަރު ތެރޭގައި ހުޅުވަން ނިންމާފައިވާ ޑޭކެއާ ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލް އާއި ސްޓެލްކޯގެ ޑޭ ކެއާ ސެންޓަރު މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުންޏެވެ. އެސްޓީއޯގެ ޑޭ ކެއާ ސެންޓަރު ނިންމައި މިހާރު ވަނީ ހުޅުވައިފަ އެވެ.
އެމްޕީއެލްގެ ޑޭ ކެއާ ސެންޓަރުގެ މަސައްކަތް ނިންމައި ހުޅުވަނީ ކޮންއިރަކުތޯ މި ނޫހުން ސުވާލުކުރުމުން އެމްޕީއެލް އިން ބުނީ އެތަނުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ޗައިލްޑްކެއާ ސްޕޭސްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ސްޓެލްކޯ އާއި އެމްޕީއެލުންނެވެ. އެގޮތުން ސްޓެލްކޯގެ ޑޭ ކެއާ ސެންޓަރު ވަނީ މިދިޔަ މަހުގެ ތެރޭގައި ހުޅުވާފަ އެވެ.
ޗައިލްޑް ކެއާ ސެންޓަރުގައި ހިދުމަތްދޭ އުމުރުފުރާ އަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނެވެ. އެ ސެންޓަރުން ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމަށް ތިބޭނީ ކަމަށް ގާބިލު އަދި ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުންނެވެ. އެގޮތުން، ކުދިންގެ އުމުރާ ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި ކުޅިވަރުގެ ތެރެއިން އުނގެނުމަށް ވެސް އެތަނުގައި އިސްކަންދޭނެ އެވެ.














