ކުޑަކުދިންތަކެއް ކައިރީ ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުނު މީހަކު ދޮޅު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ގއ.ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާ ދީދީގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުރި ދައުވާއަކީ އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބުނާ ގޮތުން، ޑިސެމްބަރު 19، 2019 ގައި ކުދިންތަކަކާއެކު އެ ރަށު މަގެއްގައި ކުޅެން ތިއްބައި ކުދިންނަށް ގޮވައި، ކުދިންނަށް ފައިސާ ދޭން މަސައްކަތް ކޮށްފައިވެ އެވެ. އަދި އޭނާއާއެކު ކޮޓަރިއަށް ގޮސް ޖިންސީ މުއާމަލާތެއް ހިންގުމަށް އެ ކުދިން ކައިރީގައި އެދިފައިވާ ކަމަށް ދައުވާގައި ވެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެއް މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.

ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށްވާތީވެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓެއް ކޯޓުން އާންމެއް ނުކުރެ އެވެ.













