ސުއަރޭޒްގެ ދެން އޮތް މަންޒިލަކީ ބްރެޒިލް؟

Dec 25, 2022, 4:22 AM
ސުއަރޭޒްގެ ދެން އޮތް މަންޒިލަކީ ބްރެޒިލް؟

ސައޮ ޕައޮލޯ، ބްރެޒިލް (ޑިސެމްބަރު 25) - އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް، ބްރެޒިލްގެ ގަދަބާރު، ގްރެމިއޯ އަށް ބަދަލުވާން އަނގަބަހުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔޫރަޕްގެ ގަދަބާރުތަކަށް ކުޅެފައިވާ ސުއަރޭޒް، 35، މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރީ އުރުގުއޭގެ ނަސިއޮނާލްގަ އެވެ. ސުއަރޭޒް، މިދިޔަ ޖުލައި މަހު، އޭނާގެ ކެރިއަރުގެ ފުރަތަމަ ޓީމަށް ބަދަލުވީ ކުރު ކޮންޓްރެކްޓެއްގަ އެވެ. މިދިޔަ އޮކްޓޫބަރު މަހުގައި ސުއަރޭޒް ވަނީ ނަސިއޮނާލަށް އުރުގުއޭގެ ލީގު ހޯދައިިދޭން އެހީތެރިވެފަ އެވެ.

މި ފަހަރު، ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓުމުން، ސުއަރޭޒް ވަނީ ޗުއްޓީ އަކަށް ރާއްޖެ އަތުވެފަ އެވެ. ސުއަރޭޒް، މިހާރު އަންނަނީ ކެރިއަރުގައި ދެން ގުޅޭނެ ޓީމަކާ މެދު މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން ސުއަރޭޒަށް ސައުދީ އަރަބިއްޔާގެ ކްލަބަކުންނާއި ޔޫރަޕްގެ ޓީމުތަކުގެ އިތުރުން ދެކުނު އެމެރިކާގެ ކްލަބްތަކުގެ ހުށަހެޅުން ވެސް އަންނަނީ ލިބެމުންނެވެ.

ދެކުނު އެމެެރިކާގެ މަޝްހޫރު ކުޅިވަރު މީޑިއާ، ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ސުއަރޭޒް ވަނީ ބްރެޒިލްގެ ގްރެމިއޯ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުވާން އެއްބަސްވެފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސުއަރޭޒް، ގްރެމިއޯއާ ގުޅުމުގެ ބާކީ ކަންކަން ފުރިހަމަ ވެގެންދާނެ ކަަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.

ސުއަރޭޒް، ގްރެމިއޯ އަށް ގެންދަން އެންމެ ބޮޑަށް ބާރު އަޅަނީ، އޭނާއާ އެކު މީގެ ކުރިން ލިވަޕޫލަށް ކުޅުނު މިޑްފީލްޑަރު ލޫކަސް ލެއިވާ އެވެ. ހިލޭ ޓްރާންސްފާއެއްގައި މި ފަހަރު ލާޒިއޯ ދޫކޮށް، ގްރެމިއޯ އަށް ބަދަލުވި ލޫކަަސް ދާދި ފަހުން ހެދި ރުޓީން ޓެސްޓްތަކަކުން ހިތުގެ މައްސަލައެއް ފާހަގަވެގެން ވަނީ ޓްރެއިނިން މެދުކަނޑާލަން ޖެހިފަ އެވެ. އެކަމަކު، ހާލު ރަނގަޅުވިހާ އަވަހަކަށް ލޫކަސް އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ ކަމަށް ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔޫރަޕްގެ ރަން ބޫޓު ދެ ފަހަރެއްގެ މަތިން ހޯދި ސުއަރޭޒް، އެންމެ ފުރަތަމަ ޔޫރަޕްގެ ކްލަބަކަށް ކުުޅުނީ 2007 ވަނަ އަހަރު ނެދަލެންޑްސްގެ ގްރޮނިންގެން އަށެވެ. ސުއަރޭޒް، ގްރޮނިންގެން އަށް ބަދަލުވެ، އެ ޓީމުގައި ވިދާލުމުން، ދެން ނެދަލެންޑްސްގެ ޗެމްޕިއަން، އަޔަކްސް އިން އޭނާ ގެންދިޔަ އެވެ. އެއީ ގިނަ ބަޔަކަށް ސުއަރޭޒް ފާހަގަވާން ފެށި ހިސާބެވެ.

އަޔަކްސްގައި ހުއްޓައި، 2011 ވަނަ އަހަރު ލިވަޕޫލުން، 25 މިލިއަން ޑޮލަރު ދައްކައިފައި ސުއަރޭޒްގެ ސޮއި ހޯދި އެެވެ. އެ ޓީމާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކައި، ދުނިޔޭގެ ސަމާލުކަން ހޯދި ސުއަރޭޒް، 2014 ވަަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި އެވެ. އެ ޓީމަށް ކުޅެމުން ކެރިއަރު އެއް ހަރުފަތް މައްޗަށް ޖައްސާލި ސުއަރޭޒް ވަނީ އެ ކްލަބަށް 2020 ވަނަ އަހަރާ ހަމަ އަށް ކުޅެދީ ކާމިޔާބު ވެސް ހޯދައިފަ އެވެ.

ބާސެލޯނާ އަށް ފަހުން ދެން ދެ އަަހަރު ސުއަރޭޒް ފެނުނީ އެތުލެޓިކޯ މެޑްރިޑުންނެެވެ. އެތުލެޓިކޯގައި ވެސް ސުއަރޭޒް ވަނީ ފުރަތަމަ ސީޒަނުގައި މޮޅަށް ކުޅެ، ސްޕެނިޝް ލީގު އެ ޓީމަށް ހޯދައިދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފަހު އަހަރު އަނިޔާއާ ހެދި ފޯމަށް އަސަރުކުރުކޮށް، އެތުލެޓިކޯ އިން ނިންމީ ސުއަރޭޒް ދޫކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox