ޕީޖީގެ ނިއުސްލެޓާއަކާއި ވެބްސައިޓެއް؛ "ހުރިހާ މައުލޫމާތެއް އާންމުންނަށް ދެން އެނގޭނެ"

ޕީޖީ އޮފީހުގެ ނިއުސްލެޓާހެޑް އަދި އާމަހި ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހައި ކޯޓު

ޕީޖީ އޮފީހުގެ ނިއުސްލެޓާހެޑް އަދި އާމަހި ވެބްސައިޓް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހައި ކޯޓު

މައްސަލަތަކުގައި އެކި މީހުނަށް ކުރާ ދައުވާތަކާއި، އެއާ ގުޅިގެން ޝަރީއަތްތަކުން ނިންމާ ނިންމުންތަކުގެ ފަހަތުގައިވާ ޝަރުއީ އަދި ގާނޫނީ ސަބަބުތަކަކީ ކޮބައިކަމާ މެދު އާންމުން ހޭލުންތެރިކުރެވޭ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ނިއުސްލެޓާހެޑަކާއި އާ ވެބްސައިޓެއް ފަރުމާކޮށްފި އެވެ.

ޕީޖީ އޮފީހުގެ ނިންމުންތައް ނިންމާ ސަބަބުތައް ހިމެނޭ ގޮތަށް "އުންސުރު" ނަމުގައި ނިއުސްލެޓާއެއް ވަނީ ލޯންޗުކޮށްފަ އެވެ. އަދި އެ އޮފީހުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތަކުގެ މައުލޫމާތާއި ތަފާސްހިސާބުތަކާއި އަހަރީ ރިޕޯޓްތައް ފެންނަ ގޮތަށް "އާމަހި" ނަމުގައި ވެބްސައިޓެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރާ އިދާރާ، ޕީޖީ އޮފީހުގެ އެ އުފެއްދުންތައް ލޯންޗުކުރުމަށް މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ޝަމީމް ވިދާޅުވީ ދައުވާ ކުރަންވީ ގޮތް ގާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ނަމަވެސް އޭގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ.

"މިއަދު މި ތައާރަފުކުރާ ޕީޖީ އޮފީހުގެ ނިއުސްލެޓާ އުންސުރު، މިއީ އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން މައްސަލައެއްގައި މީހަކަށް ދައުވާ ކުރަން ޖެހޭ ސަބަބާއި، ދައުވާނުކޮށް ދޫކޮށްލާ ސަބަބުތަކުގެ އިތުރަށް ކޯޓުން މައްސަލައެއްގައި ހުކުމަކާ ހަމައަށް ވާސިލްވާ ގޮތްތަކާއި އަދަބު ކަނޑައަޅާން އޮންނަ އުސޫލުތައް އާންމުންނަށް ކިޔައިދޭން ޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ރިހާކުރު ފުޅިއެއް ވަގަށް ނެގި މައްސަލާގައި ބޮޑު އަދަބެއް ލިބުނީ ކީއްވެގެން ކަން އާންމުންނަށް އަޅުގަނޑުމެން ކިޔައިދޭން އެބަ ޖެހޭ، އަންގައި ދޭން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

"މި ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި ހޯދާ ކުރިއެރުންތައް އާންމުންނާ ހިއްސާކޮށް ތާރީހަށް ދޫކޮށްލުމަކީ އުންސުރުގެ އެންމެ ބޮޑު ބޭނުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އޭގެ އިތުރަށް މިއަދު ލޯންޗުކުރި ވެބްސައިޓް މެދުވެރިކޮށް ޕީޖީ އޮފީހުގައި ދުވަހުން ދުވަހަށް ކުރަމުންދާ މަސައްކަތްތަކާއި، ނިންމުންތައް ބަލައިލެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ވެބްސައިޓްގެ ބޭނުމަކީ ޕީޖީ އޮފީހުން މައުލޫމާތުތައް ހިފަހައްޓައި ސިއްރުކުރުމުގެ ބަދަލުގައި މައުލޫމާތުތައް ދޫކޮށްލުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ ޕީޖީ އޮފީހަށް މީހަކު މައުލޫމާތެއް ހޯދަން އަންނަން ނުޖެހޭ ވަރު ކުރުން، އިސްވެ މައުލޫމާތު ހާމަކުރުން،" ޝަމީމް ވިދާޅުވި އެވެ.

އޭގެ އިތުރަށް ހެއްކާ ބެހޭ ގާނޫނުގެ ޗާޕް ފޮތަކާއި، އެ ގާނޫނު އުފައްދަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަތަކުގެ މައްޗަށް "ހެއްކާ ބެހޭ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ވިސްނުން" ނަމުގައި ފޮތެއް ލޯންޗުކުރި އެވެ. މިއީ ޕީޖީ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް ގުޅިގެން ކުރި މަސައްކަތެކެވެ.

އުންސުރު ނިއުސް ލެޓާ ލޯންޗުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. އާމަހި ވެބްސައިޓް ލޯންޗުކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދެވެ. އަދި ހެއްކާ ބެހޭ ގާނޫނުގެ ފޮތް ލޯންޗުކޮށްދެއްވީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox