ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި ތިން ފިރިހެނަކާއި އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓު ވެފައިވަނީ ދެ ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ހާމަކުރި އެވެ. އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި މީހުންގެ ތެރެއިން 23 އަހަރުގެ އަންހެން މީހާއަކީ ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި އަނެއް ސައިކަލުގައި އިން ފިރިހެން މީޙާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި މައްސަލަ މިހާރު ތަަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.












