ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗުގައި ވީލްޗެއާ ރޭމްޕް ގާއިމްކޮށްފި އެވެ.
އެޗްޑީސީން ބުނީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
ވީލްޗެއާ ރޭމްޕްގެ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު މި ރޭމްޕްތައް ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެ އެވެ.
އެގޮތުން މިމަސައްކަތުގެ 80 ޕަސަންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މި ރޭމްޕްތައް ހެދުމުން ހުޅުމާލޭގެ ހިޔާ ބީޗް ސަރަހައްދުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.














