ޓެކްސްގެ އަދަދު އޮޅުވާލައިގެން ހުށަޅެހި މައްސަލައެއް ދަށު ކޯޓުން ބަލައިނުގަތީ ރަނގަޅަށް: ހައި ކޯޓު

ހައި ކޯޓު ހިންގާ އިމާރާތުގެ ނަން ބޯޑު: ދައްކަން ޖެހޭ ޓެކްސްގެ އަދަދު އޮޅުވާލި މައްސަލައެއް ދަށު ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި - ފޮޓޯ: އަދަދު ފައިލް

ހައި ކޯޓު ހިންގާ އިމާރާތުގެ ނަން ބޯޑު: ދައްކަން ޖެހޭ ޓެކްސްގެ އަދަދު އޮޅުވާލި މައްސަލައެއް ދަށު ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި - ފޮޓޯ: އަދަދު ފައިލް

މީރާގެ ޖީއެސްޓީ އޮޑިޓް ރިޕޯޓުން ވިޔަފާރިއެއްގެ ޖީއެސްޓީ ބަޔާނުގައި ޓެކްސްގެ ގޮތުގައި ދައްކަން އޮތް އަދަދަކީ ނިސްބަތުން ދަށް އަދަދެއް ކަން އެނގި، މައުލޫމާތު ދިނުމަށް އެއްބާރުލުން ނުދީގެން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

މި މައްސާލަގައި ދައުލަތުން ދައުވާ އުފުލީ ސ. ހުޅުދޫ، ނޫރީގެ، މުހައްމަދު ހިސާން އަދި ހޮސްޕިޓަލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. އެއީ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ހަތް ދައުވާ އެވެ.

އެ ހަތް ދައުވާއަކީ 2017 ވަނަ އަހަރުގެ ހަތަރު ކުއާޓަރުގައި ހުށަހެޅި ޖީއެސްޓީ ބަޔާންތަކާއި، 2018 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ހުށަހެޅި ޖީއެސްޓީ ބަޔާންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ދައުލަތުން ކޮށްފައިވާ ދައުވާގައިވެ އެވެ.

ގާނޫނުލްއުގޫބާތުގައި އެ ދައުވާތައް ކުރުމަށް އޮންނަނީ އެ ކުށް ކުރި ވަގުތުން ފެށިގެން ތިން އަހަރު ދުވަސް ތެރޭގަ އެވެ. ކްރިމިނަލް ކޯޓަށް ދައުވާތައް ހުށަހެޅީ އެ މުއްދަތުގެ ފަހުން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

ނަމަވެސް ދައުލަތުގެ ނުކުތާއަކީ، އެ މައްސަލައަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ކުރެވިފައިވާ ތަހުގީގުގެ މައްޗަށް ބިނާކޮށް އުފުލި ދައުވާތަކެއް ކަމުން، މުއްދަތު ގުނަން ވާނީ އެ ގާނޫނަށް ރިއާޔަތްކޮށް ކަމަށެވެ. އެއީ ހާއްސަ ގާނޫނާއި ގާނޫނުލްއުގޫބާތު އެއްކޮށް އަންނަ ހާލަތަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގަޒިއްޔާއަކަށް ވެސް ރިއާޔަތްކޮށެވެ.

އެ ނުކުތާއާއެކު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ފާހަގަކުރާ ސުޕްރީމް ކޯޓުގެ އުސޫލުތަކަށް ބެލުމުން ވެސް ހާއްސަ ގާނޫނުގައިވާ މުއްދަތަށް ރިއާޔަތް ކުރަން ޖެހޭނީ އެ ގާނޫނުގެ ދަށުން ދައުވާކުރާ ހާލަތުގައި ކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށް ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވި އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox