ތުހުމަތުތަކަށް އިންކާރު ކުރުމާއެކު ކަސްޓަމްސް އިން ސެލްބީއަށް ފާޑުކިޔައިފި

Dec 13, 2022, 1:28 PM
ސެލްބީގެ ފިހާރައެއްގެ އެތެރެ: މިއީ ރާއްޖެއަށް ފުރަތަމަ އެލުމިނިއަމް އެތެރެ ކުރި ކުންފުނި -- ފޮޓޯ: ސެލްބީ

ސެލްބީގެ ފިހާރައެއްގެ އެތެރެ: މިއީ ރާއްޖެއަށް ފުރަތަމަ އެލުމިނިއަމް އެތެރެ ކުރި ކުންފުނި -- ފޮޓޯ: ސެލްބީ

އެލުމިނިއަމުން ނަގާ ޑިއުޓީ ކަސްޓަމުން ބޮޑުކޮށްފި ކަމަށް ބުނެ ސެލްބީ އިންވެސްޓްމެންޓްސް އިން މިއަދު ކުރި އިއުލާނު ދޮގުކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ސެލްބީން މިއަދު ބުނީ އެލުމިނިއަމުން ނަގާ ޑިއުޓީ ސުން ޕަސެންޓުން 10 ޕަސެންޓަށް ކުރިން އެންގުމަކާ ނުލައި ކަސްޓަމްސް އިން ބޮޑުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ވިއްކާ އެލުމިނިއަމްގެ އަގު ވެސް ބޮޑުވާނެ ކަމަށް ސެލްބީން ބުނެފައިވެ އެވެ.

"ތިޔަ ބޭފުޅުންގެ ގެދޮރުގެ ބޯހިޔާވަހިކަން ހޯދުމަށް ދޮރުޖަހަން ބޭނުން ކުރާ އެލުމިނިއަމް ފަތިން ނަގަމުން އައި ސުން ޕަސެންޓުގެ ޑިއުޓީގެ ބަދަލުގައި [ކަސްޓަމްސް އިން] މިހާރު ނަގަން ނިންމާފައި ވަނީ 10 ޕަސެންޓުގެ ޑިއުޓީ،" ސެލްބީން ބުނެފައިވެ އެވެ.

ނަމަވެސް ކަސްޓަމްސްގެ ފަރާތުން ސެލްބީއަށް ރައްދު ދީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ 10 ޕަސެންޓު ޑިއުޓީ ނަގަނީ އެލުމިނިއަމް ދޮރަށް ކަމަަށާއި އެލުމިނިއަމް ފައްޗަށް ނަގަނީ ސުން ޕަސެންޓު ޑިއުޓީ ކަމަށެވެ. އެލުމިނިއަމް ދޮރަށް ދީފައިވާ ކޯޑު ބޭނުންކޮށްގެން ސެލްބީން މުދާތަކެއް އެތެރެ ކުރަން މަސައްކަތް ކުރާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.

"ސެލްބީ އިންވެސްޓްމެންޓް ފަދަ ރާއްޖެގައި ދިގު މުއްދަތަކަށް، ފުޅާ ދާއިރާއެއްގައި އިމްޕޯޓް ކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރައްޔިތުންނަށް ހަގީގަށް އޮޅޭ ގޮތަށް މިފަދަ ބަޔާނެއް ނެރުއްވީތީ މި ސާވިސްގެ ފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.

ސެލްބީއަކީ މީގެ 57 އަހަރު ކުރިން 1965 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިޔަފާރި ކުރާ ކުންފުންޏެކެވެ. މައިގަނޑު ގޮތެއްގައި އެތެރެ ކުރަނީ ހާޑުވެއާ ސާމާނެވެ. ރާއްޖެއަށް 1980 ވަނަ އަހަރު އެލުމިނިއަމް އަލަށް އެތެރެކޮށް ބާޒާރަށް ނެރުނީ ވެސް ސެލްބީންނެެވެ. އަދި ސިންގަޕޫރުން މުދާ ގެނެސްގެން ރާއްޖޭގައި ފުރަތަމަ ވިއްކަން ފެށީ ވެސް އެ ކުންފުނިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox