މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރަކަށް މެންބަރުން އިންތިހާބުކޮށްފި އެވެ.
އެމްއެމްސީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ ކައުންސިލްގެ ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަވާނީ މިމަހު 14 ގަ އެވެ. ނަމަވެސް އެ ތާރީހަށް މުއްދަތު ހަމަ ނުވާ ދެ މެމްބަރުން ތިބުމާއެކު، މިއަދު އިންތިހާބު ބޭއްވީ ޖުމުލަ 13 މީހުންނެވެ. އެއީ މީޑިއާތަކުން ހަތް މެމްބަރުން، އާންމުންގެ ތެރެއިން ހަ މެމްބަރުން އިންތިހާބު ކުރުމަށެވެ.
ނޫސްވެރިންގެ ގޮނޑިތަކަށް ނުވަ މީހަކު ވާދަކުރިއިރު، އާންމުންގެ ހަ ގޮނޑިއަށް ވާދަކުރީ 12 މީހުންނެވެ.

މީޑިއާ ކައުންސިލް އިންތިހާބު ވޯޓު ގުނުމުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މީޑިއާތަކުން ހޮވުނު ކެންޑިޑޭޓުން
- އަހުމަދު އާޒިފު، ކެތި، ގއ. ގެމަނަފުށި (ސަން) 85 ވޯޓު
- މުހައްމަދު ސިމާއު، ވ. ސިނަމާލެ (ވަން) 85 ވޯޓު
- މުހައްމަދު އަފްރާހް، ބާދަލް، ބ. މާޅޮސް (ތިލަދުން) 82 ވޯޓު
- މޫސާ ރަޝީދު، ހ. ވިޝަން، މާލެ (މިހާރު) 80 ވޯޓު
- ހުސެއިން ޝަރީފް، ނައިޓްހައުސް، ސ. ހިތަދޫ (ވަގުތު) 75 ވޯޓު
- އަހުމަދު މުސްތަފާ ދ.ނ 8518 (ޕީއެސްއެމް) 62
- އަލީ ނިޝާން، ގ. ކޫލްގްރާސް، މާލެ (އާފަތިސް ) 58 ވޯޓު
ހޮވުނު އަމިއްލަ ކެންޑިޑޭޓުން
- އަރުމާރު ރަޝީދު، ރޯސްވިލާ، ސ.މީދޫ، 84 ވޯޓު
- އަހުމަދު ސައްފާނު، މާކޯނި، ރ.ވާދޫ، 79 ވޯޓު
- ފާތިމަތު ޝާޒުލީ، ހ.ޝީޝަމް، 77 ވޯޓު
- އަހުމަދު އަމީން މުހައްމަދު، ރިހިދޯދި، ގދ.ފިޔޯރި، 54 ވޯޓު
- މުހައްމަދު ނަސީރު، ދަނބުގެ، ހދ.ވައިކަރުދޫ، 52 ވޯޓު
- އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ، 48 ވޯޓު
ޖުމުލަ 15 މެމްބަރުން ތަމްސީލުކުރާ އެމްއެމްސީގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ. އެމްއެމްސީ ގާނޫނުގައި ބުނެފައިވާ ގޮތުން ހިނގަމުންދާ ދައުރެއް މެދުތެރެއިން ހުސްވާ ގޮނޑިއަކަށް އިންތިހާބުކުރާ މެމްބަރަކަށް ވެސް ދެ އަހަރު ލިބޭނެ އެވެ. އެގޮތުން މިހާރު ހިނގަމުންދާ ދައުރުގެ 13 މެމްބަރުންގެ މުއްދަތު މި މަހުގެ 14 އަށް ހަމަވާއިރު، ދައުރު ހަމަ ނުވާ ދެ މެމްބަރުންނަކީ އާންމުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެމްބަރަކާއި މީޑިއާއަކުން އިންތިހާބުކޮށްފައިވާ މެމްބަރެކެވެ.













