ހުޅުމާލެ ހޮސްޕިޓަލުގައި ދުއްވާ ވޭނަކުން ޖެހި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މަންޒަރު ދުއް މީހަކު "އަދަދު"އަށް ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ވޭނު ގޭޓުން ނުކުންނަނިކޮށެވެ. އެންމެ ފުރަތަމަ ވޭނު ޖެހުނީ އެ ސަރައްދުގައި ހުރި ގަހެއްގައި ކަމަށާއި، އަދި މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ވެސް ވޭނު ޖެހުނު އޭނާ މައުލޫމާތު ދިނެވެ.
އަނިޔާވެފައިވަނީ އެ ސަރަހައްދު މަގުމަތީ ތިބި ބަޔަކަށް ކަމަށް މައުލޫމާތު ލިބެ އެވެ. މި ހާދިސާގައި ޖުމްލަ ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެމީހުންނަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެއެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގާ އެކްސިޑެންޓުވި ވޭނުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.













