ސްޓެލްކޯއިން ބޭރު މަގަށް ކޮންކްރީޓު އެޅީ ސިޓީ ކައުންސިލްގެ އެންގުމާ ހިލާފަށް: މުއިއްޒު

މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފެން ހޮޅިއެއް ފަޅައިގެން ގޮސް ލިބުނު ގެއްލުން މަރާމާތު ކުރުމަށް ސްޓެލްކޯއިން މާލޭ ބޮޑުތަކުރުފާނު މަގަށް ކޮންކްރީޓު އެޅީ ސިޓީ ކައުންސިލްގެ އެންގުމާ ހިލާފަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ އިންޖީނުގެއަށް ލޮނު ފެން ނެގުމަށް ބޭނުންކުރަމުންދިޔަ ހޮޅިއެއް ފަޅައިގެންގޮސް ބޭރު މަގުގައި އަޅާފައި އޮތް ތާރުގަނޑު ފެޅި ފެން ލީކުވީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ މައްސަލަ ހައްލުކޮށް މަގު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން އެ މަހުގެ 19 ވަނަ ދުވަހު ފެށީ ސިޓީ ކައުންސިލްގެ ހުއްދައާ އެކު އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 79 ވަނަ ޖަލްސާގައި މާލޭ މަގުމަތީގައި މަސައްކަތް ކުރުމާ ބެހޭ އުސޫލާމެދު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަގުމަތީގެ ކަންތައްތައް އެކި ކުންފުނިތަކުން ކުރިއަށް ގެންދާއިރު އެކަން ކުރިއަށް ގެންދާ ގޮތް ބަލަންޖެހޭ ކަމަށެވެ. އަދި، ކުންފުނިތަކުން މަގުތަކުގައި އެކި މަސައްކަތް ކުރުމަށްފަހު ބޭނުންގޮތަކަށް މަގު ރޫޅާލާފައި ދާކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"ކުރިން ދުވަހު އަޅުގަނޑުމެންނަށް ފެނިއްޖެ ބޮޑުތަކުރުފާނު މަގުގަ ތާރުގަނޑުން ވަޅުގަނޑެއް ކޮނެފަ ކޮންކްރީޓު އެޅިތަން، އަޅުގަނޑުމެން އެހެން ނަހަދަން ބުނެފަ އޮއްވާ ކޮންކްރީޓް ކޮޅެއް އަޅާލާފަ ނިންމާލާފަ ދިޔައީ" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކުގައި މިފަދަ ބައިވަރު ކަންކަން ފާހަގަވާ ކަމަށެވެ. އެގޮތުން، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ގިނަ ފަރާތްތަކުންވެސް ކާނު ތެރެއަށް ކޮންކްރީޓްތަކާ އެކު ދޮވެލާކަން ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލު އަހުމަދު މުހައްމަދު "އަދަދު" އިން ސުވާލުކުރުމުން ވިދާޅުވީ ބޮޑުތަކުރުފާނު މަގަށް ކޮންކްރީޓް ނާޅާ ކަމަށާއި، އެތަން ސްޓޭބަލް ކުރުމަށް ލޭޔާއެއް އަޅާފައިވާ ކަމަށެވެ. އަދި، ބޭރުމަގަށް ކޮންކްރީޓު އެޅިކަމަށް ބުނާ ބުނުން އަހުމަދު ވަނީ ދޮގުކުރައްވާފަ އެވެ.

"އެތަނުގައި ތާރު އެޅުމަށް ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން، މިހާރުވެސް އިއުލާނު ކުރެވިފައިވީ" އަހުމަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox