އާބިދުގެ ވަކީލު ތަނާޒުލްވިތާ ދެ މަސް، ދެ ފަހަރު ފައިސާ ދިނުމުން ވެސް ހަބަރެއް ނެތް!

މަރުގެ ދައުވާ ލިބޭ ޕާކިސްތާނު ޝެފް އާބިދު؛ އޭނާގެ ވަކީލަށް ދެ ފަހަރު ފައިސާ ދިނުމުން ވެސް ހަބަރެއް ނުވާ ކަމަށް ބުނެފި

މަރުގެ ދައުވާ ލިބޭ ޕާކިސްތާނު ޝެފް އާބިދު؛ އޭނާގެ ވަކީލަށް ދެ ފަހަރު ފައިސާ ދިނުމުން ވެސް ހަބަރެއް ނުވާ ކަމަށް ބުނެފި

ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލުމުން ދައުވާކޮށްފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދުގެ ވަކީލު ތަނާޒުލްވި ފަހުން ވެސް ފައިސާ ދައްކާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ އޭޕްރީލް 16، ގައި އެ ރެސްޓޯރަންޓްގެ ބަދިގެ ތެރޭގައި ހިންގި މާރާމާރީގެ ތެރެއިން އެ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި މައްސަލާގައި، ހަމަ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުގެ މައްޗަށް އުފުލީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވީ އެންމެ ފަހުން އަޑުއެހުމެއް ބޭއްވިތާ ދެ މަސް ދުވަސް ފަހުންނަވެ. އޮކްޓޯބަރު މަހު ބޭއްވި އަޑުއެހުމަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެއްކެއްގެ ހެކިބަސް ދިނުމަށް ތާވަލުކުރި ނަމަވެސް ވަކީލު ތަނާޒުލްވުމުން އެ އަޑުއެހުން ކުރިއަށް ގޮސްފައެއް ނުވެ އެވެ.

Advertisement

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު މިއަދު ވިދާޅުވީ މީހެއްގެ މަރުގެ މައްސަލައަކަށް ވުމުން ދިފާއީ ވަކީލަކު ނެތި ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންވެގެން ދިފާއީ ވަކީލަކު ހަމަޖައްސަން އާބިދަށް ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވަކީލަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ގާޒީ ސުވާލު ކުރެއްވުމުން، އާބިދު ބުނީ އޭނާގެ ބައްޕަ މައުލޫމާތު ދިން ގޮތުގައި ކުރިން ވެސް ވަކީލަކަށް ހުންނެވި އިބްރާހީމް އަލީ ހަމަޖައްސަން އޭނައަށް ދެވަނަ ފަހަރު ފައިސާ ވެސް ދިން ކަމަށެވެ.

ނަމަވެސް އެ ވަކީލުގެ ހަބަރެއް ނުވާ ކަމަށް އާބިދު ބުންޏެވެ. އަދި އާއިލާ ބައްދަލުވުން ލިބެނީ ކޮންމެ 15 ދުވަހަކު އެއް ފަހަރު ނުވަތަ މަހަކު ދެ ފަހަރު ކަމުން، ވަކީލަކު ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ވަކީލަކު ހަމަޖައްސަން އާބިދަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމަށް ދައުލަތަށް ގާޒީ ޝަފީއު ވަނީ އަންގަވައިފަ އެވެ. އަދި އެއަށް ފަހު މައްސަލައިގެ އަޑުއެހުން ނިންމަވާލެއްވި އެވެ. ދެން އަޑުއެހުމެއް ބާއްވާނީ ވެސް ވަކީލަކު ހަމަޖެހުމުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

އާބިދަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް 16، ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަމްބަރު ގޯޅިގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެ ވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތު ކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދިނުމަށްފަހު އެވެ.

ނަމަވެސް ރެސްޓޯރަންޓްގައި މަސައްކަތް ކުރާ މީހުން ޝަރީއަތަށް ހެކިބަސް ދެމުން ބުނެފައިވަނީ ޝަމީމްގެ ވާތު ލޮލުގެ ތަންކޮޅެއް ތިރިން މޫނު މައްޗަށް ލިބިފައިވާ ޒަހަމް ފިޔަވައި އިތުރު ޒަހަމެއް ނުފެންނަ ކަމަށެވެ. ނަމަވެސް އެ ތަނުން ލޭ ފައިބައިގެން މުޅި ހަށިގަނޑުގައި ލޭ ކޭއްތިފައި ހުރި ކަމަށް ހެކިބަސް ދީފައިވެ އެވެ.

ޝަމީމް މަރުވެދިޔަ ގޮތް ދެނެގަތުމަށް ޓަކައި އޭނާގެ ހަށިގަނޑު ތަހުލީލުކޮށް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު އުމަރު ޝަރީއަތަށް ހެކިބަސް ދެމުން ބުނެފައިވަނީ ޝަމީމްގެ މޫނުމައްޗާއި މެއަށް ލިބުނު ޒަހަމަކީ ވެސް އެއް ހަމަލާއަކުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ދެ ޒަހަމް ވެސް ލިބިފައިވާ ގޮތުން، ދެ ޒަހަމް ވެސް ލިބިފައިވަނީ އެއް ލައިންއަކުން އައި ހަމަލާއަކުން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ޑޮކްޓަރު ޝަރީއަތަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox