ވެމްކޯ ބޭރުކޮށް، ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން މި މަހު ފަށަނީ!

Dec 6, 2022, 4:26 AM
މާލޭ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ކައުންސިލުން ގަބޫލުކުރާ ގޮތުގައި މާލެ ސާފުކޮށް ބެލެހެއްޓުން ވެމްކޯގެ ދަށުން ނަގައިފި ނަމަ މާ ހަރަދު ކުޑަކޮށް އޮޕަރޭޝަން ގެންދެވޭނެ. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ކައުންސިލުން ގަބޫލުކުރާ ގޮތުގައި މާލެ ސާފުކޮށް ބެލެހެއްޓުން ވެމްކޯގެ ދަށުން ނަގައިފި ނަމަ މާ ހަރަދު ކުޑަކޮށް އޮޕަރޭޝަން ގެންދެވޭނެ. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ޑިސެމްބަރު 26 ގައި ހަމަވުމުން، މާލެ އާއި ވިލިމާލޭގެ ކުނި ކެހުމާއި، އެ ކުނި ނެގުމާއި އުކާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރިއަށް ގެންދިއުމަށް ފާސްކޮށް، އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތުގެ ކަރުދާހެއް އެ ކައުންސިލުން އެކުލަވާލައިފި އެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދަން ސިޓީ ކައުންސިލުން އެކުލަވާލި ކަރުދާހުގައި ކަނޑައަޅާފައި ވަނީ މާލެ 16 ޒޯނަކަށް، ވިލިމާލެ ހަތަރު ޒޯނަކަށް ބަހައިލުމަށެވެ. ކުނި ނެގުމުގެ މަސައްކަތުގައި މާލޭގައި 15 ވެހިކަލެއް، ވިލިމާލޭގައި ހަތަރު ވެހިކަމެއް ބޭނުން ކުރާނެ އެވެ. އޭގެ ތެރޭގައި މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ވެހިކަލް ވެސް ހިމެނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލް ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތުގައި ބޭނުންކުރުމަށްޓަކައި ވެހިކަލް ހޯދާނީ ކުއްޔަށް ކަމަށެވެ. ނަމަވެސް ބޭރުގެ އެހީގައި ކައުންސިލްގެ އަމިއްލަ ވެހިކަލްތަކެއް ހޯދުމުގެ މަސައްކަތް މޭޔަރު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ސެކްޝަނެއް އެކުލަވާލައި، މުވައްޒަފުން ނެގުމަށް ވަނީ ނިންމައިފަ އެވެ.

"ވެމްކޯގެ އެއްބަސްވުން ހަމަވުމާއެކު [ޑިސެންބަރު 27 ފެށިގެން] މާލޭގެ ޕަބްލިކް އޭރިއާތައް އަޅުގަނޑުމެން ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ފަށަން ތައްޔާރު މިވަނީ،" މުއިއްޒު "އަދަދު" ނޫހަށް މިއަދު ވިދާޅުވި އެވެ.

ގެތަކުން ނެރެގެން ލޮރީއަށް އެރުވުމުގެ ކުރިން އެ ކުނިތައް ޖަމްބޯ ގޯނިތަކުގައި ބަހައްޓާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ގެތަކުން ނެރެގެން ލޮރީއަށް އެރުވުމުގެ ކުރިން އެ ކުނިތައް ޖަމްބޯ ގޯނިތަކުގައި ބަހައްޓާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގެތަކުން ނެރެގެން ލޮރީއަށް އެރުވުމުގެ ކުރިން އެ ކުނިތައް ޖަމްބޯ ގޯނިތަކުގައި ބަހައްޓާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ލާމަރުކަޒީ ގާނޫނުގައި ބުނަނީ ކީކޭ؟

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 39 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީ އާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްގީކޮށް، ރަށްވެހިކަމުގެ ހިދުމަތްތައް ދޭން ޖެހޭނީ ކައުންސިލުން ކަމަށެވެ. ގާނޫނުން މަތިކޮށްފައިވާ ގިނަ އަދަދެއްގެ މަސްއޫލިއްޔަތުގެ ތެރޭގައި އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމާއި މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ޒީނަތްތެރިކޮށް ބެލެހެއްޓުން ހިމެނެ އެވެ.

ކުނި ކެހުމާއި ކުނި ނެގުމުގެ ޒިންމާ ވެމްކޯއިން ކުރިއަށް ގެންދަނީ ޑިސެމްބަރު 26، 2016 ހެދި އެއްބަސްވުމުގެ ދަށުންނެވެ. އެ މަސައްކަތް ވެމްކޯއިން ކުރިއަށް ގެންދަނީ އަގަށެވެ.

ކައުންސިލުން އަބަދު ވެސް ގަބޫލުކުރަނީ މާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއަށް ނުކުރެވޭ ކަމަށެވެ. އެހެންވެ، މާލޭގެ ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް އަބަދު ވެސް މުއިއްޒު ބޭނުންފުޅުވެ އެވެ.

"ލާމަރުކަޒީ ގާނޫނުގައި ވަރަށް ސާފުބަހުން ލިޔެފައި އެއޮތީ ކަޅާއި ހުދުން ކައުންސިލްތަކުގެ މެންޑޭޓުގައި ހިމެނޭ ކަމެކޭ ކުނި އުކާލުމަކީ."

ގަބޫލު ކުރަނީ ޒިންމާގައި ފުށޫއެރުމެއް ނެތް ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ 100 ޕަސެންޓު ސަރުކާރުގެ ހިއްސާ އޮތް ވެމްކޯގެ މަސްއޫލިއްޔަތާއި ކައުންސިލްގެ ޒިންމާ ވަރަށް ސާފުކޮށް ގާނޫނުން އެނގޭ ކަމަށެވެ.

"އެ ޒިންމާގައި ފުށުއެރުމެއް ނެތް. މާ ސާފުކޮށް އެބަ އޮތް ސިޓީ ކައުންސިލްގެ ޒިންމާ. އަޅުގަނޑުމެން އަދާކުރާނީ މާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި ފަޅާއި އެފަދަ ތަންތަން ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް. ގޭގެއަށް ވަދެ ކުންޏެއް ނުނަގާނެ. އެކަން ކުރާނީ ވެމްކޯއިން،" މިއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުފުލި ގަނެގެން ތިލަފުއްޓަށް ކުނި އުފުލުމާއި ގޭބިސީތަކަށް ވަދެ ކުނި ނެގުމަކީ ސިޓީ ކައުންސިލްގެ ވިސްނުމެއް އަދި މަސްއޫލިއްޔަތެއް ވެސް ނޫން ކަމަށެވެ.

ވެމްކޯގެ ލޮރީއެއްގައި ކުނި ގެންދަނީ.. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވެމްކޯގެ ލޮރީއެއްގައި ކުނި ގެންދަނީ.. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވެމްކޯގެ ލޮރީއެއްގައި ކުނި ގެންދަނީ.. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"ވެމްކޯއާ ނުލައި ހަރަދު ކުޑަކޮށް ރަނގަޅަށް މަސައްކަތް ކުރެވޭނެ"

ވެމްކޯއާއެކު އޮތް އެއްބަސްވުން އާ ނުކުރަން ކައުންސިލުން ނިންމީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭރު ސިޓީ ކައުންސިލުން ބުނެފައިވަނީ މިދިޔަ އަހަރު އާ ކައުންސިލް އިންތިހާބުވި ފަހުން ވެމްކޯ އިން 45.6 މިލިއަން ރުފިޔާގެ ބިލް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން 38.7 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ވިދާޅުވީ ވެމްކޯއިން އަގު ނަގައިގެން މަސައްކަތް ކުރާއިރު ސިޓީ ކައުންސިލްގެ ބޮޑު ޓީމެއް މާލެ ސާފުކުރުމުގައި މިހާރު ވެސް ހަރަކާތްތެރިވާ ކަމަށާއި ކޮންމެ ދުވަހަކު ދިހަ ވަރަކަށް ޕިކަޕްގެ ކުނި ނަގައި އުކާލެވޭ ކަމަށެވެ.

"ވެމްކޯއިން ކޮންމެ މަހެއްގައި 2.2 މިލިއަން ރުފިޔާ އަށް ބިލްކުރޭ. އޭގެ އިތުރުން ކުނި އުކާލާންދާ [ސިޓީ ކައުންސިލްގެ] ކޮންމެ ވެހިކަލަކަށް ވެސް ޗާޖުކުރޭ. އެހެންވެ، ކޮންމެ މަހެއްގައި ވެމްކޯއިން ސިޓީ ކައުންސިލަށް 2.5 މިލިއަން، 2.6 މިލިއަން ރުފިޔާ ބިލްކުރޭ،" މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނި ކެހުމާއި ކުނި ނެގުމުގެ މުޅި އޮޕަރޭޝަން ސިޓީ ކައުންސިލުން ކުރާއިރު، މިހާރު ހިނގާ ހަރަދަށް ވުރެ ބޮޑު ނުވެ، 2.2 މިލިއަން ރުފިޔާއިން ހިންގޭނެ ކަމަށެވެ.

"މިހާރު [ވެމްކޯއިން] ކުރާ އަގަށް ވުރެ ހަރަދު ކުޑަކޮށް، އެއަށް ވުރެން ފުރިހަމައަށް މާލެ ބެލެހެއްޓިގެން ދާނެ. މާލެތެރޭގައި ކުނި މެނޭޖު ނުކުރެވިގެން މިދާ ކަންތައްތަކަށް ހައްލެއް ގެނެވޭނެ،" މުޖުތަބާ ވިދާޅުވި އެވެ.

ކުނި ނަގައި އުކާލުމަށް ވެމްކޯއިން މިހާރު މާލޭގައި 150 މުވައްޒަފުން އަދި ވިލިމާލޭގައި 30 މުވައްޒަފުން ގެންގުޅޭ އިރު، އެ މުވައްޒަފުންގެ ތެރެއިން ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.

"ވެމްކޯގެ އެއްވެސް މުވައްޒަފަކު އެ ކުންފުނިން ވަކިކުރަން ނުޖެހޭނެ. އަޅުގަނޑުމެން އެ ބޭފުޅުންގެ މުޅި މެންޑޭޓެއް ނޫން މި ނަގަނީ. ހަމައެކަނި އާންމު އޭރިއާތައް އަޅުގަނޑުމެން ސާފުކޮށް ބަލަހައްޓާނީ. ނަމަވެސް އެ މަސައްކަތް އަޅުގަނޑުމެންގެ ދަށަށް ގެނައުމުން ވެމްކޯއިން މުވައްޒަފަކު ދޫކޮށްލާކަމަށް ވާނަމަ އެ މުވައްޒަފަކަށް އަޅުގަނޑުމެން ގޮތް ހޯދައިދޭނަން،" މުއިއްޒު މިއަދު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox