ވޯލްޑް ކަޕުން ކެޓި ގިނަ ކުޅުންތެރިން ޗުއްޓީއަށް ރާއްޖޭގައި

މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ތިބި ކުޅުންތެރިންގެ ތެރެއިން އުރުގުއޭގެ ލުއިސް ސުއަރޭޒް

މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައިސް ތިބި ކުޅުންތެރިންގެ ތެރެއިން އުރުގުއޭގެ ލުއިސް ސުއަރޭޒް

މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕުން ކަޓާފައިވާ ގައުމުތަކުގެ މަޝްހޫރު ގިނަ ކުޅުންތެރިން ރާއްޖެއަށް އަތުވެއްޖެ އެވެ.

މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގްރޫޕް ސްޓޭޖުން މުބާރާތާ ވަކިވާން ޖެހުނު ޓީމުތައް ކަމަށްވާ ބެލްޖިއަމް އަދި އުރުގުއޭގެ ތަރިންނެވެ. އެގޮތުން އުރުގުއޭ ގެ ފޯވާޑު ލުއިސް ސުއަރޭޒް އަދި ފެޑެރިކޯ ވަލްވާޑޭ އަދި ބެލްޖިއަމް ގެ ކީޕަރު ކޯޓުއާ ވެސް މިހާރު ހުރީ ރާއްޖޭގަ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބުނު ގޮތުގައި ސުއަރޭޒް ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ރާއްޖެއަކީ މަޝްހޫރު ގިނަ ފުޓްބޯޅަ ކުޅުންތެރިން ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަންޒިލެކެވެ. ހާއްސަކޮށް ހޫނު މޫސުމުގެ ބްރޭކުގައި ގިނަ ކުޅުނުންތެރިން ރާއްޖެއަށް އަންނަކަން ފާހަގަކޮށްލެވެ އެވެ. މި އަހަރުގެ ވޯލްޑް ކަޕު ފިނި މޫސުމުގައި ކުރިއަށް ދާއިރު މުބާރާތުން ވަކިވުމުން އެނބުރި ކުލަބް ތަކުގެ ތަމްރީނުތަކަށް ދިއުމުގެ ކުރިން ގިނަ ކުލަބު ތަކުން ދަނީ ކުޅުންތެރިންގެ ސިކުނޑި ހަމަޖައްސާލުމަށް ވަގުތުކޮޅެއް ދެމުންނެވެ.

މި ދުވަސްވަރު ރާއްޖެ އަންނަމުންދާ ކުޅުންތެރިންގެ ތެރޭގައި ވޯލްޑް ކަޕަށް ނުހޮވޭ ގައުމުތަކުގެ ކުޅުންތެރިންނާއި ގައުމީ ޓީމަށް ނުހޮވޭ ކުޅުންތެރިން ހިމެނެ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޖޯ ގޮމޭޒް އަދި ސްޕެއިންގެ ސާޖިއޯ ރެގިލޯން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އިޓަލީގެ ކީޕަރު ޑޮނަރޫމާ ހިމެނޭހެން އެ ގައުމުގެ ގިނަ ކުޅުންތެރިންވެސް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox