އިއްޔެ މާލޭގައި ބަރަހަނާ ހާލުގައި އުޅުނު ބިދޭސީ މީހާއަކީ ނަފުސާނީ ބަލި މީހެއް ކަމަށާއި އެ މީހާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް، އޭނާގެ ސްޕޮންސަރާއި އާއިލާއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މީސްމީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއެއްގައި ފެންނަނީ ކަނބާ އައިސާރަނި ހިނގުމުގައި އެ އަންހެން މީހާ ބަރަހަނާ ހާލުގައި އަޑުގަދަ ކުރަމުން ހިނގާފައި ދާ ތަނެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ މައްސަލަ އެ މުއައްސަސާއަށް ލިބުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ކަމަށެވެ. އަދި އިތުރަށް ބެލި ބެލުމުން އެއީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއް ކަން އެނގިފައިވާ ކަމަށެވެ.
"ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުގެ ބެލުމުގެ ދަށުން އޭނާގެ ސްޕޮންސަރާ ހަވާލުކޮށް މިހާރު [އޭނާ އަށް ދަނީ] އައިޖީއެމްއެޗުގައި ފަރުވާ ދެމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ އަންހެން މީހާގެ ވީޑިއޯ ޝެއާނުކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.













