ޖޫރިމަނާ ނުދައްކާ މީހުން ޖަލަށް ލުމަށް އެދި ކޯޓަށް ހުށަހަޅަނީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް؛ ޖޫރިމަނާގެ އަދަބަށް ބަޔަކު އަމަލުނުކުރާތީ ޖަލަށް ލުމަށް ހުށަހަޅަނީ - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް؛ ޖޫރިމަނާގެ އަދަބަށް ބަޔަކު އަމަލުނުކުރާތީ ޖަލަށް ލުމަށް ހުށަހަޅަނީ - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ހުކުމްތަކާ އެއް ގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާ މީހުނަށް އެއަށް ބޮޑު އަދަބެއް ނުވަތަ ޖަލަށް ލުމަށް އެދި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަށައިފި އެވެ.

ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގައި އޮންނަ ގޮތުން، ހުކުމް ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވިތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ޖެހެ އެވެ.

ޖޫރިމަނާ ނުދައްކާ މީހުންނަށް ބުރަ އަދަބެއް ނުވަތަ ޖަލު އަދަބެއް ކަނޑައެޅުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް އޮންނަ ކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރުމުގެ ގޮތުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) މެދުވެރިކޮށް ޖޫރިމަނާ ނުދައްކާ މީހުންގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ވަގުތަށް ދަންނަވަން ދަތި އެ ގޮތަށް ޖޫރިމަނާ ނުދައްކާ ކިތައް މީހުން ތިބި ކަމެއް، އެ މައުލޫމާތު މީރާއިން ހޯދާފައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މި ކުރަނީ،" ޝަފީއު ވިދާޅުވި އެވެ.

ހުކުމާ އެއް ގޮތަށް ފައިސާ ދައްކަމުން ނުދަނީ، އެފަދަ ހާލަތެއްގައި ޖަލަށް ލާން ފަނޑިޔާރަށް ނިންމޭނެކަން ގިނަ މީހުނަށް ނޭނގޭތީ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox