އޮއެވަރު ދަތުރު ކުރާ ގޮތް ބަދަލުވުމުގެ ސަބަބުން ކ. ތިލަފުށި ފަޅަށް ގިނަ އަދަދަކަށް ކުނި ޖަމާވާން ފަށައިފި އެވެ.
ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުރި ޓުވީޓެއްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފަޅުގެ ބޮޑު ބަޔަކަށް ވަނީ ކުނި ފެތުރިފަ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ކުނިތައް ނަގާ އެ މައްސަލަ ހައްލުކުރުުމުގެ މަސައްކަތް ކުރަމުންނެވެ.
ވެމްކޯއިން އިތުރަށް ވަނީ މި މަސައްކަތުގައި އެ ކުންފުންޏަށް އެއްބާރުލުން ދިނުމަށް އެދި ވީހާވެސް އަވަހަށް މި ކަމަށް ހައްލެއް ގެނެސްދީ ފަޅުތެރެ ސާފުކޮށްދޭނެ ކަމަށް ބުނެފަ އެވެ.
މީގެ ކުރިންވެސް އޮއެ ބަދަލުވުމާ ގުޅިގެން މިގޮތަށް ތިލަފުށި ފަޅަށް ވަނީ އެކިފަހަރު މަތިން ކުނި ފެތުރިފަ އެވެ.












