ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިއަށް ގެންދާ ސްމާޓްކޮމް ފެއާގައި ކާބޯތަކެތީގެ ސްޓޯލް ބެހެއްްޓުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ސްމާޓްކޮމް ފެއާގައި ކާބޯތަކެތީގެ ސްޓޯލް ހަދަން ޝައުގުވެރިވާ ފަރާތްތަކުން މާދަމާގެ 12:00 ގެ ކުރިން ރަޖިސްޓްރީކުރަންޖެހެ އެވެ.
ފެއާ ބާއްވާނީ ޑިސެމްބަރު 2 ވަނަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ. ފެއާގައި ކާބޯތަކެތީގެ ސްޓޯލްތައް ބެހެއްޓުމުގެ އިތުރުން ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެ ނޫންވެސް ޑިޖިޓަލް ޕްލެޓު ފޯމުތައް ބޭނުންކުރާ ގޮތާ ބެހޭ މައުލޫމާތު ދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.














