އިންޑިއާ ކަނޑުގެ ގައުމުތަކާއެކު ޗައިނާއިން ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުން ބައިވެރިނުވޭ

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރުފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރާއެކު ސަރުކާރުގެ އިސްބޭފުޅުންނާއެކު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރުފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރާއެކު ސަރުކާރުގެ އިސްބޭފުޅުންނާއެކު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާ ނުހިމަނައި، އިންޑިއާ ކަނޑުގެ 19 ގައުމަކާ އެކު ޗައިނާއިން ބޭއްވި ބައްދަލުވުމުގައި ދިވެހި ސަރުކާރުން ބައިވެރިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން ބައްދަލުވުން އޮތީ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. އެއީ ޗައިނާގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން އެޖެންސީ (ސިޑްކާ) އިން ބޭއްވި ބައްދަލުވުމެކެވެ.

ޗައިނާއިން ބުނެފައިވާ ގޮތުގައި އިންޑިއާ ކަނޑުގެ 19 ގައުމެއްގެ މަންދޫބުން އެ ބައްދަލުވުމުގައި ބައިވެރިވި އެވެ. އެއީ އިންޑޮނީޝިއާ، ޕާކިސްތާން، މިޔަންމާ، ސްރީލަންކާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ނޭޕާލް، އަފްގާނިސްތާން، އިރާން، އޮމާން، ދެކުނު އެފްރިކާ، ކެންޔާ މޮޒަމްބީކް، ޓެންޒޭނިއާ، ސީޝެލްސް، މަޑަގަސްކާ، މޮރިޝަސް، ޖިބޫޓީ އަދި އޮސްޓްރޭލިއާ އެވެ.

ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވި ކަމަށް ބުނި ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ބައްދަލުވުމުގައި ސަރުކާރުން ބައިވެރިނުވާން ނިންމާފައިވަނީ މި މަހުގެ 15 ދުވަހު ކަމަށެވެ.

"އަދި ރާއްޖެއިން ވަކިވަކި ފަރުދުން ނުވަތަ ވަކިވަކި ފަރުދުންގެ ގްރޫޕަކުން ބައިވެރިވުމަކީ ދިވެހި ސަރުކާރު ތަމްސީލު ކުރުން ކަމަކަށް ނުވާނެ،" މިނިސްޓްރީން ބުނެފައިވެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދިވެއްސަކަށް ބައިވެރިވެވަޑައިގެންފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނެވެ.

މިކަމާ ގުޅިގެން ޑރ. ވަހީދު "އަދަދު" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗައިނާ ސަރުކާރުން ދެއްވި ދައުވަތަކަށް ކަމަށެވެ.

ބައްދަލުވުން އޮތީ "ޝެއާޑް ޑިވެލޮޕްމަންޓް: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އޮފް ދަ ބްލޫ އިކޮނޮމީ" މައުލޫގެ ދަށުން ޔުނާން ޕްރޮވިންސްގެ ކުންމިންގްގަ އެވެ.

ސިޑްކާއިން ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 21 ވަނަ ދުވަހުގެ ބައްދަލުވުމުގައި ޗައިނާއިން ހުށަހެޅީ ކާރިސާތަކާ ދުރުވެ ގެއްލުން ކުޑަ ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ.

މާލީ އަދި ޓެކްނިކަލް އެހީ އާއި ވަސީލަތްތައް ބޭނުންވާ ގައުމުތަކަށް އެހީ ފޯރުކޮށްދޭން ޗައިނާ ތައްޔާރު ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox