ހޭންޑް، ފުޓް އެންޑް މައުތު: އެނގުން މުހިންމު މައުލޫމާތު

ހޭންޑް، ފުޓް އެންޑް މައުތް ޖެހިފައިވާ ކުއްޖެއް؛ ރާއްޖޭގައި މި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު

ހޭންޑް، ފުޓް އެންޑް މައުތް ޖެހިފައިވާ ކުއްޖެއް؛ ރާއްޖޭގައި މި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު

މި ދުވަސްވަރު ހޭންޑް، ފުޓް އެންޑް މައުތު ބަލި ހަލުވި ކަމާއެކު ފެތުރެމުން ދާތީ، މި ބައްޔާމެދު ސަމާލުކަން ދޭން ޖެހޭ ކަންކަން އެނގުން މުހިންމެވެ.

މިއީ ވައިރަހުން ފެތުރޭ ބައްޔެކެވެ. ބަލި އާންމު ގޮތެއްގައި ޖެހެނީ ޕްރީ ސްކޫލު އުމުރުގެ ކުދިންނަށެވެ. ބަލި ފެތުރޭ ސަބަބަކީ ހަށިގަނޑުގައި ނަގާ ބިހިތަކުގައި ހުންނަ ދިޔައިންނާއި ނޭފަތުގެ ދަވައިންނާއި ކުޅު އަދި ބޮޑުކަމުދާތަކެތިންނެވެ.

އަލާމާތްތައް

އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިން ދުވަހާއި ހަތް ދުވަހާ ދެމެދު އެވެ.

Advertisement

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި މި ބަލީގެ ފުރަތަމަ އަލާމާތަކީ ހުން އައުމެވެ. ހުން އަންނަން ފަށާތާ އާންމުކޮޮށް ދެ ދުވަސް ފަހުން ގައިގައި ބިހިތައް ނަގަން ފަށާއިރު، ބޮލުގައި ރިއްސުމާއި، ވަރު ދެރަވުމާއި، ކާހިތް ނުވުން އަދި ކަރުތެރެ ފާރުވުމަކީ ފެންނާނެ އަލާމާތެކެވެ.

މި ބައްޔަށް ހޭންޑް، ފުޓް އެންޑް މައުތު ނަން ކިޔަސް، ހަށިގަނޑުގެ އެހެން ތަންތަނުގައި ވެސް ބިހި ނަގައިފާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. ފުރަތަމަ ނަގާ ބިހިތައް ފެން ފޮޅުތަކަކަށް ބަދަލުވެ އެވެ. ފާނަބަސަންދާ ހިލާފަށް ހޭންޑް، ފުޓް އެންޑް މައުތުގެ ސަބަބުން ނަގާ ބިހިތައް ހުންނާނީ ހުދު ހަމުގަ އެވެ.

ފަރުވާ

ވަކި ހާއްސަ ފަރުވާއެއް އަދި ދިފާއުވުމަށް ވެކްސިނެއް ނެތް މި ބައްޔަށް އާންމުކޮށް ފަރުވާ ކުރަނީ އަލާމާތަކަށް ބަލައިފަ އެވެ. އެގޮތުން ހުމަށް ބޭސް ދިނުމާއި، ބިހިތަކުގައި ހޭކުމަށް ކެލަމިން ލޯޝަން ދޭއިރު، ގައި ކަހާނަމަ ސިޓްރިޒެން ފަދަ ބޭސްތައް ވެސް ދޭނެ އެވެ. ނަމަވެސް މާ ކުޑަ ކުއްޖަކަށް ސިޓްރިޒެން ނުދޭނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

ހޭންޑް، ފުޓް އެންޑް މައުތަކީ، ބަލީގެ ސަބަބުން ހާލު ދެރަކޮށްލާ ބައްޔަކަށް ނުވިޔަސް ދިޔާ އެއްޗެހި ބޭނުންކުރާ މިންވަރު މަދުވެއްޖެ ނަމަ ހަށިގަނޑުން ފެން މަދުވުމުން ނުވަތަ ޑީހައިޑްރޭޓްވުމުގެ ސަބަބުން އިތުރު އަލާމާތްތައް ފެނެ އެވެ. އެހެންވެ، ގިނައިން ދިޔާ ތަކެތި ބޭނުންކުރުން މުހިންމެވެ. ކުޑަކުދިން މާގަދައަށް ހުން އަންނަ ނަމަ ފިޓު ޖެހުން ފަދަ ކަންކަން ވެސް ދިމާވެ އެވެ.

މި ބަލި ރަނގަޅު ވަނީ ޖެހޭތާ ގާތްގަނޑަކަށް ހަފުތާއެއް ތެރޭގަ އެވެ. ހަލުވި ކަމާއެކު ފެތުރޭ ބައްޔަކަށް ވުމާއެކު ބަލި ޖެހުމުން ކުދިން ސްކޫލަށް ނުފޮނުވުން ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

"އަދި މި ބަލިން ރައްކާތެރިވުމަށްޓަކައި ކުޑަކުދިން ގެންގުޅޭ ތަކެއްޗާއި، ގިނައިން އަތްލެވޭފަދަ ތަކެތި ސާފުކުރުމަކީ މިހިންމު ކަމަށެ،" އޭނާ ވިދާޅުވި އެވެ.

މާލެ އާއި އަތޮޅު ތެރޭގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ހަލުވި ކަމާއެކު ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން، ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވެ، ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިއުމަށާއި ބޭނުން ކޮށްފައި ހުންނަ ޓިޝޫއާއި ނެޕީ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox