ދަރިވަރުންނަށް ހުތުރުވާ ގޮތަށް ފެތުރި ހަބަރު ރެހެންދި ސްކޫލުން ދޮގުކޮށްފި

Nov 21, 2022, 4:47 PM
ރެހެންދިސްކޫލް، ދަރިވަރުންނަށް ހުތުރުވާ ގޮތަށް ފެތުރި ހަބަރު އެ ސްކޫލުން މިއަދު ކުށްވެރިކުރި. ފޮޓޯ:ހުސައިން ސަޔާހު/އަދަދު

ރެހެންދިސްކޫލް، ދަރިވަރުންނަށް ހުތުރުވާ ގޮތަށް ފެތުރި ހަބަރު އެ ސްކޫލުން މިއަދު ކުށްވެރިކުރި. ފޮޓޯ:ހުސައިން ސަޔާހު/އަދަދު

ރެހެންދި ސްކޫލްގެ އަންހެން ދަރިވަރުންގެ ކަރާމަތަށް ގެއްލުންވާ ފަދަ އިބާރާތްތައް ބޭނުންކޮށްގެން ބައެއް މީޑިއާތަކުން މިއަދު ފެތުރި ހަބަރު އެ ސްކޫލުން ދޮގުކޮށް އެކަން ކުށްވެރިކޮށްފި އެވެ.

ބައެއް މީޑިއާތަކުން މިއަދު ފެތުރި ހަބަރެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ރެެހެންދި ސްކޫލުގައި ބޭއްވި ކެޑޭޓް ހަރަކާތެއްގައި އެ ސްކޫލްގެ ދަރިވަރުންތަކަކަށް އަނިޔާއަކަށް ވާ ފަދަ އަދި ދަރިވަރުންގެ ކަރާމަތަށް ގެއްލުންވާ ފަދަ ކަމެއް ކުރި އެވެ. ކުރިކަމަށް އެ ހަބަރުގައި ތުހުމަތުކޮށްފައިވާ އަމަލުގެ ތަފްސީލާ އެކު ލިޔެ ޝާއިއުކުރި އެ ހަބަރު ވެސް އޮތީ ދަރިވަރުންގެ ކަރާމަތަށް ގެންލުންވާ ގޮތަށެވެ.

އެ ހަަބަރު ދޮގުކޮށް ރެހެންދި ސްކޫލުން ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް އެ ސްކޫލުގައި ހިންގި ކެޑޭޓް ކޭމްޕްގައި، އެ ހަބަރުގައި ތުހުމަތުކޮށްފައިވާ ފަދަ އެއްވެސް ކަމެއް ހިނގި ކަމަށް އެއްވެސް ބެލެނިވެރިއަކު ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ރެހެންދި ސްކޫލްގެ ބެލެނިވެރިއެއް ކަމަށް ބުނެ، އެ ހަބަރަށް މައުލޫމާތު ދިނީ ބެލެނިވެރިއެއްގެ ގޮތުގައި އެ ސްކޫލްގައި ރަޖިސްޓްރީ ވެފައި ނުވާ ފަރާތެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ސްކޫލްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކަމަށް ބުނެ، ސްކޫލްގެ ރަޖިސްޓްރީގައި ނެތް ފަރާތަކުން ސްކޫލްގެ ނަމާއި ކެޑޭޓްކޯ އަދި ދަރިވަރުންގެ އަބުރާއި ކަރާމަތަށް ގެއްލުން ލިބޭ ފަދަ ވާހަކަތައް ފަތުރަމުން ދާތީ މި ބީދައިން [އަމަލު]ނުކުރުމަށް އިލްތިމާސްކުރަމެވެ،" ރެހެންދި ސްކޫލްގެ ބަޔާނުގައި ބުންޏެވެ.

ކެޑޭޓް ކޭމްޕްގައި އަންހެން ދަރިވަރުންނަށް އިރުޝާދުދޭން އަންހެން މުދައްރިބުން އަދި ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްރިބުން ހަރަކާތްތެރިވި ކަމަށާއި ހުރިހާ ވަގުތެއްގައި ކެޑޭޓް މުދައްރިސުން ވެސް ހަރަކާތްތެރިވި ކަމަށް ވެސް ރެހެންދިސްކޫލުން ބުންޏެވެ.

"ކޭމްޕް ނިމިދިޔަ އިރު ވެސް އެއްވެސް ދަރިވަރެއްގެ ފަރާތުން ވެސް އަދި ޓީޗަރެއްގެ ފަރާތުން ވެސް މިފަދަ އެއްވެސް މައްސަލައެއްގެ ވާހަކަ ހިއްސާކޮށްފައިނުވާ ކަން މައުލޫމާތަށް ޓަކައި ދަންނަވަމެވެ،" ރެހެންދިސްކޫލްގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox