ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ބަހައްޓަން ލޯނު ދޫކުރަން ފަށައިފި

Nov 21, 2022, 4:24 AM
ރާއްޖޭގެ ދޯންޏަކުން މަސް ބާނަނީ: ލޯނު ދޫކުރަނީ ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީއާ ގުޅިގެން -- ފޮޓޯ: ހަސަން ސާޖިން (ޒުވާންމަސްވެރިޔާ)

ރާއްޖޭގެ ދޯންޏަކުން މަސް ބާނަނީ: ލޯނު ދޫކުރަނީ ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީއާ ގުޅިގެން -- ފޮޓޯ: ހަސަން ސާޖިން (ޒުވާންމަސްވެރިޔާ)

އައިސް ބޭނުންނުކޮށް، ލޮނުު ފެނުން މަސް ފިނި ކުރާނެ ނިޒާމު ބަހައްޓަން ބޭނުންވާ މަސް ދޯނިތަކަށް ސަރުކާރުން އާދީއްތަ ދުވަހު ލޯނު ދޫކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި އޮތީ ލޯނު ދޫކުރުމުގެ ބޭނުމަކީ "މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުން" ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން 34 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ހަމަޖެހިފައިވާއިރު އެ ފައިސާއިން 68 ދޯނީގައި ލޮނު ފެނުން މަސް ފިނިކުރުމުގެ ނިޒާމް ގާއިމް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އާއި ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށްފަހު،" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް މަސްވެރިންނާ ވާހަކަ ދެއްކުމަށްފަހު ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ބާނާ މަސް ނުކިރެވުމާއި މަސް ފިނި ކުރުމަށް ބޭނުންވާނެ އައިސް ނުލިބުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މިހާރު އައިސް ޕްލާންޓު ހުރެ އެވެ. ނަމަވެސް އައިސް ގަތުމުގައި މަސްވެރިންނަށް އަދިވެސް ދަތިތައް ކުރިމަތިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox