ޖުޑިޝަރީ އެކަޑަމީގެ ޗާންސެލަރު ކަމުން މާޖިދު ވަކިކުރި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

މާޖިދު: ސިވިލް ކޯޓާއި ޓްރައިބިއުނަލް އަދި ހައި ކޯޓުން ނާކާމިޔާބުވުމަށް ފަހު މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި -- ފޮޓޯ: އަދަދު ފައިލް

މާޖިދު: ސިވިލް ކޯޓާއި ޓްރައިބިއުނަލް އަދި ހައި ކޯޓުން ނާކާމިޔާބުވުމަށް ފަހު މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ސުޕްރީމް ކޯޓުން ސާކިއުލާއެއްގެ ދަށުން އުފެއްދި ޖުޑީޝަލް އެކަޑަމީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށަށް ގެނެސް އެތަން ހިންގެވުމަށް އިސްކޮށް ހުންނެވި އަހުމަދު މާޖިދު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ބެލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ވަޒީފާ ގެއްލުނު މައްސަލަ ސިވިލް ކޯޓަށް މާޖިދު ހުށަހެޅީ ނޮވެމްބަރު 2، 2020 ގަ އެވެ. ސިވިލް ކޯޓުން ނިންމީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކަމަށެވެ.

ދެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު، ވަޒީފާ ގެއްލުނުތާ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން އޮންނަ މުއްދަތު އޮތީ ފަހަނައަޅާ ގޮސްފަ އެވެ. އެހެންވެ އެ ޓްރައިބިއުނަލްއަށް ވެސް މައްސަލަ ނުބެލޭނެ ކަމަށް ނިންމީ އެވެ.

Advertisement

ޓްރައިބިއުނަލްގެ އެ ނިންމުން މާޖިދު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. މާޖިދު އެއަށް ފަހު، ހައި ކޯޓުގެ ހުކުމް ވެސް ޝަރީއަތުގެ ފަހު މަރުހަލާ އޮންނަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.

މާޖިދުގެ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ ވަޒީފާއާ ބެހޭ ގާނޫނުގައި އެ މުއްދަތު ހިމެނިގެން އައީ އޭނާ ވަޒީފާއިން ވަކިކުރި ފަހުން ކަމާއި، އެ އިސްލާހު ގާނޫނަށް އައި ފަހުން ތިން މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ވެސް ގާނޫނަށް އިސްލާހު ގެނައިތާ ތިން މަހުގެ ތެރޭގައި އެ މައްސަލަ ހުށަހަޅާފައި އޮތް ކަން އެނގޭތީ, ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ޓްރައިބިއުނަލް އަދި ހައި ކޯޓުގެ ހުކުމް ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox