ނަދީމްގެ މަރާލި ކަމަށް ދައުވާ ލިބުނު މީހުނަށް ކުށް ސާބިތުނުވި މައްސަލަ ހައި ކޯޓަށް

ނަދީމްގެ މަރު މައްސަލާގައި ދައުވާކޮށްފައިވާ ހަތަރު މީހުން؛ ހަމަލާ ދިނީ އެ މީހުން ކަން ސާބިތު ނުވި މައްސަލަ ހައި ކޯޓަށް

ނަދީމްގެ މަރު މައްސަލާގައި ދައުވާކޮށްފައިވާ ހަތަރު މީހުން؛ ހަމަލާ ދިނީ އެ މީހުން ކަން ސާބިތު ނުވި މައްސަލަ ހައި ކޯޓަށް

ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމައިފި އެވެ.

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

އެ މީހުން ސަލާމަތްވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަން ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ނަދީމް މަރާލީ ތޫނު އެއްޗަކުން އޭނަގެ ބޮލަށް ދިން ހަމަލާއަކުން ކަމަށާއި އަދި އެ ހަމަލާ ދިނީ މަރާލުމުގެ ގަސްތު އޮވެގެން ކަން ވެސް ސާބިތުވާ ކަމަށެވެ.

ނަމަވެސް މަރާލީ ދައުވާ ކޮށްފައިވާ މީހުން ކަން ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ވަޒަންކޮށްގެނެވެ. ދައުލަތުން ހުށަހެޅި މައި ދެ ހެކިވެރިން ވަނީ އެ މީހުން ދިން ހެކިބަސް އަނބުރާ ގެންދަން އެދި ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ.

ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން، ސިއްރު ހެއްކެއްގެ ހެކިބަސް ދިން އެ ދެ މީހުނަކީ ހާދިސާގެ މަންޒަރު ސާފުކޮށް ދުށް ކަމަށް ހެކިބަސް ދިން ހަމައެކަނި ހެކިވެރިންނެވެ.

ނަދީމްގެ ބޮލަށް އެ ހަމަލާ ދިން ކަމަށް ދައުލަތުން މަފާޒުގެ މައްޗަށް ތުހުމަތު ކުރަނީ ވެސް މޫނު ފޮރުވަން އަޅައިގެން ހުރި ފޮތިގަނޑު ވެއްޓިގެން މޫނު ފެނުނު ކަމަށް އެ ދެ ހެކިވެރިން ބުނެފައިވާ ބުނުމުގެ މައްޗަށެވެ.

އެކަމަކު ދެ ހެކިން ފަހުން ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެހެން ޝަރީއަތުގައި ބުނީ ހީވި ހީވުމެއްގެ މައްޗަށް ކަމަށެވެ. އޭގައި ވަނީ އެ ހެކިންގެ ސޮޔާއި އިނގިލީގެ ނިޝާން ކަން ވެސް ކޯޓުން ވަނީ ފުލުހުން މެދުވެރިކޮށް ޔަގީންކޮށްފަ އެވެ.

އެ ސިޓީތަކާ ގުޅިގެން ނަދީމްގެ ބޮލަށް ހަމަލާ ދިނީ ސީދާ މަފާޒު ކަމާ މެދު އުފެދޭ ޝައްކު ފިލުވައިނުލެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ މަފާޒުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ގާޒީ ނިންމެވި އެވެ.

ކުށުގެ އަމަލުގައި ހިނގި މީހުންނަކީ ކޮބައި ކަމާ މެދު އުފެދިފައިވާ ޝައްކު ދެމިއޮތުމުން އަލީ ނިފާޒާއި ހުސައިން ޝާމީ އަދި މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް އެ މީހުންގެ ބައި ވަކިން ހުކުމް ކުރައްވަމުން ވިދާޅުވި އެވެ.

އެ ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox