ކަންބޮޑުވުމަށް ފައްޔާޒުގެ ރައްދު؛ އެމްޑީޕީ ތެރޭގައި ހިޔާލުފާޅުކުރުމުގެ މަގު ބަންދު ނުވޭ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް؛ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބަންދުނުވާ ކަމަށް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް؛ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބަންދުނުވާ ކަމަށް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމަށްވާ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕަށް މެންބަރުންނަށް މެސެޖު ނުކުރެވޭ ގޮތް ހެދުމަކީ އިދާރީ ބޭނުމަކަށް ގެނައި ބަދަލެއް ކަމަށާއި އެކަމުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ ދޮރު ބަންދުނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވަޓްސްއެޕް ގުރޫޕަށް މެސެޖު ނުކުރެވޭ ގޮތް ހެދީ ޕާޓީގެ ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ، ގުރޫޕު ތެރޭގައި ޒުވާބުކުރުން އާންމުވާން ފެށުމުންނެވެ. މިކަމާ ގުޅިގެން ބައެއް މެންބަރުން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"މިހާރު އެއޮތީ މަނާވެފައި، އެހެންވީމާ ހިޔާލުފާޅުކުރުމުގެ މަގު އިނގޭތޯ ބަންދުވަނީ،" އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ "އަދަދު" އަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކީ ބަހުސް ކުރުމަށް އުފައްދާފައިވާ ގުރޫޕެއް ނޫން ކަމަށެވެ.

"ގައުމީ މަޖިލިސް ވަޓްސްއެޕް ގުރޫޕަކީ ޕާޓީގެ ސެކްރެޓޭޓުން މެންބަރުންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ އިދާރީ ވަސީލަތެއް،" ފައްޔާޒް ވިދާޅުވި އެވެ.

މި ބަދަލު ގެނައީ އިދާރީ ބޭނުމަށްޓަކައި ކަން ފާހަގަކުރައްވައި ފައްޔާޒް އިތުރަށް ވިދާޅުވީ ބަހުސް ކޮށް ކަންކަމާ މެދު މަޝްވަރާކުރުމަށް ޕާޓީގެ ނުރަސްމީ ގުރޫޕުތައް ހުންނާނެ ކަމަށެވެ.

"ހިޔާލު ވަރަށް ތަފާތުވާނެ، ހުންނާނެ ޕާޓީގެ ނުރަސްމީ ގުރޫޕުތައް ވެސް، [އެ ގުރޫޕުތަކުގައި] ފުރިހަމަ މިނިވަންކަމާއެކު ދަނީ ހިޔާލު ފާޅުކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ މެންބަރުންގެ މެދުގައި ދޭތެރެ ދޭތެރެއިން އެކި ކަންކަމުގައި ޒުވާބުކުރުމަކީ އާންމު ކަމެކެވެ.

މި ކޯޅުން މި ފަހުން އިތުރަށް ބޮޑުވެފައިވަނީ ބަޖެޓު ބަހުސްގެ ތެރެއިން ނަޝީދު ފެކްޝަންގެ މެންބަރުން ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ދެވަނަ ދައުރެއް ދޭން ޖެހޭތޯ ސުވާލު އުފެއްދުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox