އަންނަ އަހަރަށް ބޭނުންވާ ފައިސާގެ 38 ޕަސެންޓް މިހާރު ވެސް ހަމަޖެހިއްޖެ: އަމީރު

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ އަންނަ އަހަަރަށް ބޭނުންވާ ފައިސާގެ 38 ޕަސެންޓް މިހާރު ވެސް ހަަމަޖެހިފައިވާ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ އަންނަ އަހަަރަށް ބޭނުންވާ ފައިސާގެ 38 ޕަސެންޓް މިހާރު ވެސް ހަަމަޖެހިފައިވާ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ޖުމްލަ ފައިސާގެ 38 ޕަސެންޓް މިހާރު ވެސް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ އަންނަ އަހަރަށް "ފައިނޭންސިން ގެ ގޮތުގައި" (ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން) ޖުމްލަ 11.4 ބިލިޔަން ރުފިޔާ ހޯދަން ޖެހޭ ކަމަށެވެ. އެއީ ބަޖެޓް ޑެފިސިޓް ހަމަޖައްސަން ބޭނުންވާ 8.4 ބިލިޔަން ރުފިޔާއާއި ލޯނުތައް އަނބުރާ ދައްކަން ބޭނުންވާ 2.1 ބިލިޔަން ރުފިޔާ އާއި ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރާ 871 މިލިޔަން ރުފިޔާ އެވެ.

އެ ފައިސާގެ ތެރެއިން 6.4 ބިލިޔަން ރުފިޔާ ހޯދަން ހަމަޖެހިފައި ވަނީ ރާއްޖޭން ބޭރުން ކަމަށާއި އެތެރޭގެ ފަރާތްތަކުން ފަސް ބިލިޔަން ރުފިޔާ ހޯދަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ 2023 ވަނަ އަހަރު ބޭނުންވާ ޖުމްލަ ފައިނޭންސިންގެ ތެރެއިން 38.5 އިންސައްތަ މިހާރު ވެސް ވަނީ ހަމަޖެހިފައި،" އަމީރު ވިދާޅުވި އެވެ.

ހަމަޖެހިފައިވާ ފައިސާގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ އެކި މަޝްރޫއުތަކަަށް ނަގާފައިވާ ލޯނުތަކުން ދޫކުރާ 4.1 ބިލިޔަން ރުފިޔާ އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. ބޭރުގެ ބާޒާރުތަކަށް 771 މިލިޔަން ރުފިޔާގެ ގްރީން ނުވަތަ ބްލޫ ބޮންޑް ވިއްކާނެ ކަަމަށާއި 100 މިލިޔަން ރުފިޔާގެ ކޮންސެޝަނަލް ބަޖެޓް ސަޕޯޓް ލޯނު ހޯދަން ރާވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބާޒާރަށް ޓްރެޝަރީ ބިލާއި ބޮންޑް ވިއްކައިގެން 4.7 ބިލިޔަން ރުފިޔާ އަންނަ އަހަރު ހޯދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ގޮތް ގޮތުން ފައިސާ ހޯދުމާއެކު ދައުލަތުގެ ދަރަނި އަންނަ އަހަރު 9.2 ޕަސެންޓުން އިތުރުވާނެ އެވެ. އަމީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ސީދާ ދަރަނީގެ ޖުމްލަ އަންނަ އަަހަރު 101 ބިލިޔަން ރުފިޔާއަށް އަރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox