ލާމު މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ މަޖިލީހަށް

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު؛ ލާމު މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ ވަނީ މަޖިލީހަށް ވައްދާފައި

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު؛ ލާމު މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ ވަނީ މަޖިލީހަށް ވައްދާފައި

ލާމު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވާތީ އާއި ތެލާއި އައިސް ގަތުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވަނީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ މަގެއް ހޯދުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ.

އެ ސިޓގައި ބުނީ ލ. މާންދޫގައި ގާއިމްކޮށްފައިވާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިން ބާނާ މަސް ކިރައި، އެމަހުގެ ފައިދާ ދޫނުކޮށް އެތަކެއް ދުވަހެއް ވެފައިވާ ކަމަށާއި، އެ ފައިސާގެ އަދަދު މިހާރު މިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިންނާއި، މަސްވެރިންގެ އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

ސިރާޖު ވިދާޅުވީ މަހަށް އަގު ނުލިބުމުގެ އިތުރުން އެ އަތޮޅު މަސްވެރިންނަށް ތެލާއި އައިސް ހޯދުމަށް ވެސް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި، ތެލާއި އައިސް ގަންނަންޖެހެނީ ސަރުކާރު ކުންފުނިތަކުން ވިއްކާ އަގަށްވުރެ ބޮޑުތަނުން ބޮޑުކޮށް ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި އެތައް މިލިއަނެއް ހިމެނިޔަސް، ލާމު މަސްވެރިންނަށް އެކަމުން ލިބެންޖެހޭ މަންފާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަސްވެރިން މަސް ވިއްކަން ޖެހެނީ ސަރުކާރު ކުންފުނިތަކުން މަސް ގަންނަ އަގަށްވުރެ ކުޑަ އަގުގައި ކަމުގައިވީ ނަމަވެސް, ތެލާއި އައިސް ގަންނަން ޖެހެނީ ދެކުނުގެ މަސްވެރިންނަށް ތެލާއި އައިސް ލިބޭ އަގަށްވުރެ މާބޮޑު އަގުގައި ކަމަށެވެ.

މި ކަންބޮޑުވުންތަކާއެކު، މަސްވެރިން މިއަދުން ވަނީ މާންދޫގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

މާންދޫގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާ ހޫނުވެ ޖުމްލަ ހަތަރު މީހަކަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. އެގޮތުން، މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުނު ފުލުހެއްގެ ބޯފަޅައިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox