މޭރީ މަރުވި ދުވަހު ހައްޔަރުކުރާނެތޯ ބަލަން ލަމްހާ ގުޅި: ހެކިވެރިއެއް

މޭރީ ގްރޭސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ލަމްހާ: މޭރީ މަރުވި ދުވަހު ލަމްހާ ގުޅި ފުލުހެއްގެ ހެކިބަސް ނަގައިފި

މޭރީ ގްރޭސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ލަމްހާ: މޭރީ މަރުވި ދުވަހު ލަމްހާ ގުޅި ފުލުހެއްގެ ހެކިބަސް ނަގައިފި

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް މަރުވި މައްސަލައިގައި، އޭނާ ހައްޔަރުކޮށްފާނެ ކަމަށް ބެލެވޭ ކަމަށް، މޭރީ މެރިކަމުގެ ދައުވަ ލިބޭ ހަލީމަތު ލަމްހާ މީހެއްގެ ކައިރި ބުނި ކަމަށް ޝަރީއަތުގައި ހެކިވެރިއަކު މިއަދު ބުނެފި އެވެ.

މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު، އެ ކަން ކުރީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ލަމްހާ ކަމަށް ދައުލަތުން ދައުވާ ކުރެ އެވެ. މާވިނާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގެ ނަރުހުންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެއްކެއް ހާޒިރުކޮށްފައިވެ އެވެ. އެއިން ދެ ހެއްކަކީ ފުލުހުންގެ ވަޒީފާ އަދާ ކުރާ ދެ މީހެކެވެ. ދެ މީހުންގެ ހެކިބަސް ދައުލަތުން ހުށަހެޅީ، މޭރީ މަރުވި ދުވަހު ލަމްހާ އަމަލުކޮށްފައިވާ ބައެއް ކަންކަން ސާބިތު ކުރުމަށެވެ.

އެއިން އެއް ހެކިވެރިޔަކީ ލަމްހާގެ އުފަން ރަށް ޅ. ހިންނަވަރަށް ނިސްބަތްވާ ފުލުހެކެވެ. މުހައްމަދު އިސްމާއީލް ނަމަކަށް ކިޔާ އެ ފުލުސް މީހާ ބުނީ މޭރީ މަރުވެގެން އުޅޭ ކަން ވެސް އޭނައަށް އެނގުނީ ލަމްހާ އެ ދުވަހު ގުޅާފައި ބުނުމުން ކަމަށެވެ.

"އެއީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަސް، ސީދާ ދުވަހެއް ނެތް ހަނދާނެއް، ތިން ފަހަރަކު ގުޅި، ތިންވަނަ ފަހަރު ޖަވާބު ދެވުނީ، ލަމްހާ ބުނި، މޭރީ ދަންޖެހިގެންނޭ މަރުވީ، އެކަމަކު ވަރަށް ހީވެއޭ ހައްޔަރުކުރާނެހެން، ކުރާނެ ހެއްޔޭ،" ހެކިވެރިޔާ ބުންޏެވެ.

އެކަމަކު ހައްޔަރުކުރަން އުޅޭ ކަމަށް ލަމްހާ އިޝާރާތް ކުރީ އޭނާއަށް ކަމެއް ނޫނީ ލަމްހާ ދަންނަ އެހެން މީހެއް ކަމެއް މިހާރު ހަނދާނުގައި ނެތް ކަމަށް ހެކިވެރިޔާ ބުންޏެވެ. ހައްޔަރުކުރަން އުޅެނީ ލަމްހާތޯ އޭނާ ސުވާލުކުރި ހަނދާންވާ ކަމަށް އޭނާ ބުންޏެވެ.

އޭގެ މައުލޫމާތު ހޯދުމަށް ފަހު، ދޭން ޖެހޭ ކަމަށް އެ ފުލުސް މީހާއަށް ފެންނަ ނަމަ ހިއްސާކުރާނެ ކަމަށް ލަމްހާ ގާތުގައި ބުނި ކަމަށް ހެކިބަސް ދިނެވެ. އޭގައި ލަމްހާއަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ މައުލޫމާތެއް އޮތް ކަމަށް ނުދެކޭތީ އެއްވެސް މައުލޫމާތެއް ލަމްހާއާ ހިއްސާކޮށްފައި ނުވާނެ ކަމަށް ބުންޏެވެ.

ދެން ހެކިބަސް ދިނީ މީގެ އަހަރެއްހާ ދުވަސް ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ލަމްހާ ވާހަކަ ދައްކަން ފެށި ފުލުހެއްގެ ހެކިބަހެވެ. ހަސަން އިމްރާން ނަމަކަށް ކިޔާ އެ ފުލުސް މީހާ ވެސް ބުނީ މޭރީ މަރުވި ދުވަހު ލަމްހާ އޭނާއަށް ގުޅި ކަމަށާއި ގުޅާފައި މޭރީ މަރުވެގެން އުޅޭ ކަމަށް ބުނި ކަމަށެވެ.

އެ ދުވަހު ވަރަށް ގިނަ ވާހަކަތަކެއް ދެއްކި ކަމަށާއި ދެން ދެއްކި ވާހަކަތައް މިހާރު ހަނދާނުގައި ނެތް ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެ ވާހަކަތައް ތަހުގީގަށް ދީފައިވާ ބަޔާނުގައި އޮތުމުން، ދައުލަތުން ބަޔާން ޝަރީއަތުގައި އިއްވައިދިނުމަށެވެ.

ދިފާއުން އެ ކަމަށް އިއުތިރާޒުކޮށްފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވެސް ވިދާޅުވީ ހެކި ތައްޔާރުކުރަން ވެސް ދައުލަތަށް އެކަށީގެންވާ ވަގުތު ލިބިފައިވާތީ ބަޔާން އަލުން ޝަރީއަތުގައި އިއްވުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. ދައުލަތުން ދެން އިތުރު ސުވާލެއް ނުކުރެ އެވެ.

މާވިން ނުދަންނަ ކަމަށާއި، ނަމަވެސް ލަމްހާ ލޯބީގެ ގުޅުމެއް ބާއްވައިގެން އުޅެމުން ދިޔައީ މާވިން ނަމަކަށް ކިޔާ މީހަކާ އެކު ކަމަށް ބުނެފައިވާ ކަމަށް ވެސް ހަސަން އިމްރާން ހެކިބަސް ދެމުން ބުނެފައިވެ އެވެ.

ލަމްހާގެ އެކުވެރިއެއްގެ ހެކިބަސް: "ލަމްހާ ކުށްވެރިކޮށް ހޮސްޕިޓަލްގައި ވާހަކަ ދައްކާފައިވޭ"

މިއަދުގެ އަޑުއެހުމުގައި ދެން ހެކިބަސް ދިނީ ލަމްހާ ނާސިން ކިޔެވި ދުވަސްވަރު އެއް ކްލާހެއްގައި ކިޔެވި އަދި ލަމްހާއާ އޭރު ގާތް އެކުވެރި ކަމެއް އޮތް ނަރުހެއްގެ ހެކިބަހެވެ.

ރ. މަޑުއްވަރީ، އާމިނަތު އާޝިޔާއާއި ލަމްހާ އެކުގައި އެމްއެންޑީއެފްގައި ވެސް މަސައްކަތް ކުރި އެވެ. އަދި މިހާރު އާޝިޔާ މަސައްކަތް ކުރަނީ އައިޖީއެމްއެޗްގަ އެވެ.

އާޝިޔާ ބުނީ އައިޖީއެމްއެޗްގެ ވަޒީފާއަށް ދިޔަ ފަހުން ކުރިން އޮތް ވަރުގެ ގާތް އެކުވެރިކަމެއް ލަމްހާ އެކު ނޯންނަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލް ތެރެއިން ފެނުމުން އަބަދުވެސް ވާހަކަ ދައްކާ ކަމަށެވެ.

މާވިިނަކީ އާޝިޔާ ދަންނަ މީހެއް ނޫން ކަމަށާއި މާވިންގެ ނަން އިވުނީ ވެސް ލަމްހާގެ ފަރާތުން ކަމަށް އާޝިޔާ ބުންޏެވެ. އެއީ ލަމްހާ ވާހަކަ ދައްކާ އުޅޭ މީހެއް ކަމަށް ލަމްހާ އެއް ފަހަރު ބުނި ކަމަށެވެ.

ނަމަވެސް ލަމްހާއާއި މާވިންއާ އޮތް ގުޅުމާއި، މާވިންގެ އަނބިމީހާ މޭރީގެ މަރުގައި ލަމްހާ ކުށްވެރިކޮށް އައިޖީއެމްއެޗްގެ ތެރޭގައި ވާހަކަ ދައްކާފައި އޮތް ކަމަށް އާޝިޔާ ބުންޏެވެ.

މޭރީ މަރުވި ފަހުން ލަމްހާއާ އެއް ދުވަހު އޭނާގެ ގެއިން ދިމާވި ކަމަށް ވެސް ބުންޏެވެ. އެއީ އެ ދުވަހު ލަމްހާ ޑިއުޓީއަށް ނުދާތީ އޭނާގެ ހާލަތު ބަލަން އާޝިޔާ އެ ގެއަށް ދިޔައީ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗްގެ ޖަވާބުތަކަށް މިއަދު ވެސް ދިފާއުގެ ހިތްހަމަނުޖެހުންތައް

މޭރީ ގްރޭސް މަރުވުމުގެ ކުރިއަށް އެ ދުވަހު އައިޖީއެމްއެޗް އިން ދީފައިވާ ފަރުވާތަކުގެ މައުލޫމާތުތަކާއި ޕޭޝަންޓް ޗާޓް ހިއްސާކޮށްދިނުމަށް ލަމްހާގެ ވަކީލުން އެދިފައިވެ އެވެ. އަދި އެ މައުލޫމާތުތައް ދިނުމަށް ޝަރީއަތުން އަމުރެއް ވެސް ނެރިފައިވެ އެވެ.

ނަމަވެސް މިހާތަނަށް ޕޭޝަންޓް ޗާޓު ހިއްސާކޮށްފައި ނުވާތީ، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އެފަދަ ޗާޓެއް ނެތް ކަން ކަށަވަރުކުރުމަށް ފަހު ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން އެ ކަމަށް ޖަވާބުދާރީވުމަށެވެ.

އައިޖީއެމްއެޗުން ދެން ހިއްސާކުރި މައުލޫމާތުގައި ވަނީ ޕޭޝަންޓް ޗާޓެއް ނެތް ކަމަށެެވެ. އެކަމަކު ދިފާއުން އެދޭ މައުލޫމާތުތައް ހިމެނޭ އެެހެން ލިޔުންތައް ހުރި ކަމަށާއި އެ ކުރިން ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އެއީ މޭރީއަށް ދިން ހަމައެކަނި ފަރުވާއަކީ ސީޕީއާރު ދިނުމާއި، އެއާ ގުޅިގެން ދިން އިންޖެކްޝަނެއް އެކަންޏެވެ. އެކަމަކު ގެނައި އިރު ވެސް ނޭވާ ނެތް ކަން އެނގުމުން، އިތުރު ފަރުވާއެއް ނުދޭ ކަމަށާއި، އެފަދަ ޕޭޝަންޓުންނަށް ޗާޓެއް ތައްޔާރުނުކުރާ ކަމަށެވެ.

ނަމަވެސް މޭރީއަށް ފަރުވާ ދިން ކަމަށް މާވިން ދައްކާ ވާހަކައާއި، ޑެތް ސަމަރީ ރިޕޯޓްގައި ވެސް ޑޯޒްތަކެއް ދިން ކަމަށް އޮތުމުން ދިފާއުން އަނެއްކާ ވެސް އެދުނީ އައިޖީއެމްއެޗްގެ ވެރިންނާއި އިސް އޮފިޝަލުން ހާޒިރުކޮށް، އެއާ ގުޅޭ ގޮތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް ދިފާއަށް ފުރުސަތެއް ދިނުމަށެވެ.

ޑެތް ސަމަރީ ރިޕޯޓްގައި އޮތް ޑޯޒްތަކަކީ ސީޕީއާރުއާ ގުޅިގެން ދިން އިންޖެކްޝަންތައް ކަމަށް އައިޖީއެމްއެޗުން ހިއްސާކުރި ލިޔުމުގައި އޮންނާނެ ކަމަށް ދައުލަތުގެ ވަކީލު ފަހުން ވިދާޅުވި އެވެ.

ގާޒީ ފާއިޒު ވިދާޅުވީ އައިޖީއެމްއެޗްގެ ތަތްގަނޑާއެކު އޮތް އެ ލިޔެކިއުންތައް ކޯޓަށް ލިބިފައިވާއިރު، އެފަދަ އިދާރާއަކުން ޝަރީއަތަށް އޮޅުވާލުމުގެ ގަސްތުގައި މައުލޫމާތު ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު ލިޔުންތައް ދިރާސާކުރުމަށް ފަހު، އައިޖީއެމްއެޗްގެ ވެރިން ހާޒިރުކުރަން ޖެހޭ ކަމެއް އޮތް ނަމަ، ހާޒިރުކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް މަރުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ އައިޖީއެމްއެޗުން ހުއްދަ ނުނަގާ، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox