ހދ. ކުޅުދުއްފުށީގައި ޑަމްޕް ޓްރަކްއަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު އެ ސިޓީގައި ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުނީ މިއަދު 11:30 ހާއިރު އެ އިދާރާއަށް އެކްސިޑެންޓްގެ މައުލޫމާތު ލިބުނުއިރު އެ އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
އެކަމަކު, އެކްސިޑެންޓްވި ކާރަށާއި ޓްރަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.












