މެއި 6ގެ ހަމަލާ: ސިއްރު ހެކިވެރިއަކު ނަން ހާމަކޮށް، މަޖުބޫރުން ބަޔާން ނެގިކަމުގެ ތުހުމަތުކޮށްފި

އަލިމަނިކާއި ތަސްލީމުގެ އެމީހުންގެ ޝަރީއަތުގައި: ނަން ހާމަ ކުރި ހެކިވެރިޔާގެ ނަން ނޫހުގައި ނުޖެހުމަށް ކޯޓުން ވަނީ އަމުރުކޮށްފައި -- ފޮޓޯ: ސްކްރީންޝޮޓް

އަލިމަނިކާއި ތަސްލީމުގެ އެމީހުންގެ ޝަރީއަތުގައި: ނަން ހާމަ ކުރި ހެކިވެރިޔާގެ ނަން ނޫހުގައި ނުޖެހުމަށް ކޯޓުން ވަނީ އަމުރުކޮށްފައި -- ފޮޓޯ: ސްކްރީންޝޮޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަބްދުﷲ އަލިމަނިކާއި މުހައްމަދު ތަސްލީމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެއްކަކު އޭނަގެ ނަން ހާމަކޮށް ހެކިބަސް ދިނުމަށް މަޖުބޫރުކުރާ ކަމުގެ ތުހުމަތުތަކެއް މިއަދު ކޮށްފި އެވެ.

ސިއްރު ހެކިންގެ ހެކިބަސް އާންމުކޮށް ނަގާނީ، އެހެން ތަނެއްގައި ބޭއްތިބުމަށް ފަހު އެ މީހުން ދައްކާ ވާހަކައިގެ އަޑު އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހަށް އިވޭ ގޮތަށެވެ. އެ ގޮތަށް އަޑު ދޫކުރާނީ ކާކުގެ އަޑެއްކަން ދެނެނުގަނެވޭ ގޮތަށް އަޑު ބަދަލުކޮށްގެނެވެ.

ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތަށް މިއަދު ހާޒިރުކުރި ހެކިވެރިޔާ ވަނީ ތަކުރާރުކޮށް އޭނަގެ ނަން ހާމަކޮށްފަ އެވެ. އަދި ހެކިބަސް ދޭން މަޖުބޫރުކޮށް ޖަލުގައި އަނިޔާ ކުރާ ކަމަށް ބުންޏެވެ.

އެއާއެކު ކުޑައިރުކޮޅަކަށް އަޑުއެހުން މެދުކަނޑާލި އެވެ. އޭގެ ފަހުން އަޑުއެހުން ފެށުމާއެކު، ދައުލަތުން ވަނީ އެ ހެކިވެރިޔާގެ ހެކިބަސް ނެގުމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެ ފުރުސަތު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ދައުލަތަށް ދެއްވި އެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހިމެނޭ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ޝަރީއަތުން ނެރެފައިވާތީ އެ ހެކިވެރިޔާގެ ނަން ހާމަކޮށްގެން ނުވާނެ ކަމަށް، އަޑުއެހުމަށް ވަދެ ތިބި ނޫސްވެރިންނާއި އާންމުންނަށް ވެސް ގާޒީ އެންގެވި އެވެ.

މައްސަލައިގެ ފަސްފަހަތް

ރައީސް ނަޝީދު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް މެއި 6، 2021 ގައި ބޮމެއް ގޮއްވާލާ، އެމަނިކުފާނު އަވަހާރަކޮށްލަން ދިން އެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރަނީ އަލިމަނިކާއި ތަސްލީމުގެ މައްޗަށެވެ.

އެހެން ނަމަވެސް ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުގައި ހެކި ލިބެމުންދާ ވަރަކަށް އިތުރު ދައުވާތައް އަދި އުފުލާނެ ކަމަށެވެ.

މީގެ ކުރިން ޝަރީއަތަށް ވަނީ އަލި މަނިކާއި ތަސްލީމުގެ މައްޗަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރުމުގައި އުޅުނު އޮފިސަރުންގެ ހެކިބަސް ނަގައިފަ އެވެ.

އެގޮތުން، ތަސްލީމަކީ އައިއީޑީ ތައްޔާރު ކުރުމުގެ މާހިރެއް ކަމަށާއި ނަޝީދަށް ހަމަލާ ދޭން ގޮއްވާލި އައިއީޑީ ތައްޔާރުކުރަން އޭނާގެ "އެކްސްޕާޓް އޮޕީނިއަން" ހޯދި ކަމަށް ތަސްލީމާ ގުޅޭ ގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރު ހެކިބަސް ދީފައިވެ އެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ދިން ހަމަލާގެ ފަހަތުގައި ހުރީ އަބްދުﷲ އަލިމަނިކު ކަމަށާއި އޭނާ އެ ކަން ކުރީ އޭނާގެ ދަރިން ދައުލަތަށް ނެގުމުން އެ ކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި އޭނާގެ މައްޗަށް ރިޕޯޓް ތައްޔާރު ކުރި އޮފިސަރު ހެކިބަސް ދީފައިވެ އެވެ.

ހަމަލާގެ ތުހުމަތާ ގުޅިގެން އަލިމަނިކު ހައްޔަރުކުރީ މެއި 18، 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާއަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ފުލުހުންނާ ސިފައިންނާ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކާ ހިނގައިދިޔަ ކުރިމަތިލުންތަކެއްގައި އިސްކޮށް އުޅުނު މީހެކެވެ. އަލިމަނިކު އެ މައްސަލައިގަ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ވެސް ފިލާފައިވެ އެވެ.

ތަސްލީމަކީ ވެސް ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވިފައި އޮތް މީހެކެވެ. އަދި، މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް އޭނާ ކުރިން ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox