ޓެރަރިޒަމްގެ ދައުވާކުރާ ހޫދާ ދެކޮޅަށް އޮތް ބޭރުގެ އިންޓެލް ރިޕޯޓް ސިއްރުކުރަން ދައުލަތުން އެދިއްޖެ

އައިއެސްގެ މެންބަރެއް ކަމަށް ބުނާ ހޫދު؛ އޭނައާ ދެކޮޅަށް އޮތް ބޭރުގެ އިންޓެލް ރިޕޯޓް ސިއްރުކުރަން ދައުލަތުން އެދިއްޖެ

އައިއެސްގެ މެންބަރެއް ކަމަށް ބުނާ ހޫދު؛ އޭނައާ ދެކޮޅަށް އޮތް ބޭރުގެ އިންޓެލް ރިޕޯޓް ސިއްރުކުރަން ދައުލަތުން އެދިއްޖެ

މި އަހަރުގެ ފެބްރުއަރީ މަހު، ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ބޭރުގެ އިންޓެލިޖެންސް އިދާރާއަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ސިއްރުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދިއްޖެ އެވެ.

ކުރިން ގާޒީ ދީބަނާޒް ފަހްމީ ބެއްލެވުމަށް ފަހު، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހްއާ ހަވާލުކޮށްފައިވާ އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އޮތް ނަމަ ދައުލަތާއި ދިފާއަށް އެ ކަން ހާމަކުރުމަށް ފުރުސަތު ދިނުމެވެ.

ދައުލަތުގެ ވަކީލު އަހްމަދު އަބްދުﷲ ވިދާޅުވީ ހޫދާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ކިތާބީ ހެކިތަކެއް ސިއްރުކުރަން ބޭނުންވާތީވެ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ ހަތަރު ފޯމެއް ދައުލަތުން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ވަކީލު ވިދާޅުވި ގޮތުގައި ކުރިން ތިން ފޯމެއް ހުށަހަޅާފައި އޮތް އިރު، މިއަދުގެ ވަގުތެއްގައި ވަނީ ހަތަރުވަނަ ފޯމެއް ހުށަހަޅައިފަ އެވެ. މިއަދު ހުށަހެޅި ފޯމުގައި ވަނީ ބޭރުގެ އިންޓެލިޖެންސް އިދާރާއެއްގެ ދެ މެމޯއަކާއި ރިޕޯޓެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި އެއީ ހޫދަށް ކުރާ ދައުވާތައް ކޯޓަށް ހުށަހެޅިއިރު ދައުލަތަށް ނުލިބޭ ހެއްކެކެވެ. ނަމަވެސް ދައުވާތައް ކޯޓަށް ހުށަހެޅިއިރު ވެސް ތަހުގީގީ އިދާރާތަކުން އިތުރު ހެކި ހޯދަމުންދާކަން ފާހަގަކޮށް ދައުލަތުން އޭރު ދައުވާތައް ހުށަހެޅި ފޯމާއެކު ސިޓީއެއް ވެސް ހުށަހަޅާފައިވެ އެވެ.

ހޫދުގެ ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުލަތުން ފަހުން ހުށަހެޅި ބޭރުގެ އިންޓެލް ރިޕޯޓަކީ ދައުވާތައް ހުށަހެޅި ފޯމުގައި ހެކިތައް ބަޔާންކުރަން އޮންނަ ޖަދުވަލުގައި ފާހަގަކޮށްފައި އޮތް ހެއްކަކަށް ނުވާނަމަ، ހެކި ހުށަހެޅުމުގެ ފުރުސަތު ބަންދު ވެއްޖެ ކަމަށް ކަނޑައަޅައިދޭން ވާނެ ކަމަށެވެ.

ނަމަވެސް ގާޒީ މިސްބާހު ނިންމެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތިން، ކުރިން ފާހަގަކުރެވިފައި ނެތް އާ ހެއްކެއް ފާހަގަވުމުން އެ ހެއްކެއް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އަދި ދިފާއަށް ވެސް އޮންނާނެ ކަމަށެވެ.

މީގެ އިތުރަށް ހެކި ރައްކާތެރިކުރުމުގެ އަމުރާ ގުޅޭ ގޮތުން ތަފްސީލު ގޮތެއްގައި ވާހަކަ ދެއްކުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެއީ ދައުލަތުން ހަތަރު ފޯމު ހުށަހެޅި ކަމަށް ފާހަގަކޮށްފައި އޮތަސް، ގާޒީގެ ސެކްޝަަނަށް އަދި ދެ ފޯމު ލިބިފައި އޮތުމާ ވެސް އެކުގަ އެވެ.

ހޫދަށް ކުރާ ދައުވާތައް

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާ
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާ
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ

މައްސަލައިގެ ފަސްފަހަތް

އުމުރުން 30 އަހަރުގެ ހޫދު ހައްޔަރު ކޮށްފައިވަނީ ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދީފައިވާ ކަމަށް އޭނާއަށް ތުހުމަތު ކުރެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ހޫދު ހައްޔަރުކުރިއިރު، އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެ އެވެ.

މި ނޫހަށް ޔަގީންވެފައިވާ ގޮތުގައި ހޫދަކީ، ވިލިމާލޭގައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއްގައި ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ކުށް ސާބިތެއް ނުވި އެވެ.

ހޫދަކީ ކުރިން މާލޭގައި ޕިކަޕު ދުއްވަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ ފަހުން ޕިކަޕު ދުއްވުން ހުއްޓާލައި މަސައްކަތެއްނުކޮށް ހުރީ ކަމަށް، އޭނާ ދަންނަ މީހުން މި ނޫހަށް ކިޔައިދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox