ސިއްހީ ދާއިރާއަށް އާ މަޝްރޫއުތަކާ އެކު 5 ބިލިއަނުގެ ބަޖެޓެއް

މިއަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ފަސް މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައި -- ފައިލް ފޮޓޯ: އަދަދު

މިއަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ފަސް މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައި -- ފައިލް ފޮޓޯ: އަދަދު

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ސިއްހީ ދާއިރާއަށް ފަސް ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރު ސިއްހީ ދާއިރާއަށް ފަސް ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، މުޅި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި، ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމަށް ޕީއެސްއައިޕީ ބަޖެޓުން 724.9 މިލިއަން ރުފިޔާ ވެސް ސިއްހީ ދާއިރާއަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.

ޕީއެސްއައިޕީގެ ދަށުން ސިއްހީ ދާއިރާއަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީ އާއި ގދ. ތިނަދޫގައި އަލަށް އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލާއި، ލ. ގަން އަދި ރ. އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުން ހިމެނެ އެވެ.

މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ބަޖެޓު ކޮށްފައިވާއިރު، އަންނަ އަހަރު ސިއްހީ ދާއިރާގެ އިތުރު މަޝްރޫއުތައް ފެށުމަށް ޑޮމެސްޓިކް ބަޖެޓުގައި ވަނީ 35.1 މިލިއަން ރުފިޔާ ޖަހާފަ އެވެ. އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި، ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް ގާއިމުކުރުމާއި، އައިސީޔޫ އަދި އެންއައިސީޔޫގެ ހިދުމަތް ބޮޑުކުރުމުގެ އިތުރުން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމާއި އައިސީޔޫގެ މަސައްކަތްތައް ކުރުން ހިމެނެ އެވެ.

ހަމައެއާއެކު، ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި ހޮސްޕިޓަލްތައް ބިނާކުރުމަށް ޑޮމެސްޓިކް ބަޖެޓުގެ އިތުރުން ކުވެއިތު ފަންޑާއި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުތަކުން ވެސް ހަރަދު ކުރުމަށް ވަނީ ބަޖެޓުކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް އެންމެ ބޭނުންތެރި އެއް ކަމަކަށް ހިމަނާފައި ވަނީ މުވައްޒަފުން މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަކުރުމެވެ. އެގޮތުން، މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތުގެ ދަށުން ސިއް ދާއިރާގެ ގިނަ މުވައްޒަފުންގެ މުސާރަ އާ އޮނިގަނޑަށް ބަދަލުކުރުމަށް 493.2 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރަށް ސިއްހީ ދާއިރާއަށް އިތުރު 1000 މުވައްޒަފުން އިތުރުކުރުމަށް ރާވާފައިވާތީ، ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ހިނގާ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށް ބަޖެޓުގައި ޖަހާފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox